ޑެޕިއުޓީ މިނިސްޓަރު ކަމުގެ ޒިންމާ ތަކުން ޒިހާން ދުރުކޮށްފި

ޑެޕިއުޓީ މިނިސްޓަރު ކަމުގެ ޒިންމާ ތަކުން ޒިހާން ދުރުކޮށްފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ ޒިންމާ ތަކުން ހަސަން ޒިހާން ދުރުކޮށްފިއެވެ.

ޒިހާން ވިދާޅުވީ، ޑެޕިއުޓީ މިނިސްޓަރުގެ ހައިސިއްޔަތުން މިހާތަނަށް އެމިނިސްޓްރީގެ ބޮޑެތި ޒިންމާތަކެއް އޭނާއާ ހަވާލު ކޮށްފައި އޮތް ކަމަށެވެ. އޭގެތެރޭގައި އެ މިނިސްޓްރީގެ އެންމެ ބޮޑު މަސައްކަތް ކަމަށްވާ، ލޭންޑް ޓްރާސްޕޮޓޭޝަން ޑިޕާޓްމަންޓް އޮތީ އޭނާއާ ހަވާލުކޮށްފައި ކަަމަށްވެސް ވިދާޅުވިއެވެ.

އޭނާއަކީ ކޮރަޕްޝަނާ ދެކޮޅު މީހެއް ކަމަށާއި، މަސައްކަތް ތަކުގެ ތެރެއިން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ކޮރަޕްޝަން ހުއްޓުވުމަށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭނަގެ މަސައްކަތާ ދެކޮޅަށް ބާރުގަދަ ބަޔަކު ތިބުމުން އޭނާގެ ޒިންމާތަކުން މިހާރު އެކަހެރި ކޮށްފައިވާ ކަމަށް ޒިހާން ވިދާޅުވިއެވެ. ޒިންމާ ތަކުން އެކަހެރިކޮށްފައި ވާއިރު، އޮފީހަށް ނިކުމެވަޑައިގަންވާތޯ، ކުރެއްވި ސުވާލަށް އޭނާ ޖަވާބެއް ނުދެއްްވިއެވެ. .

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *