އޮޑިޓް ރިޕޯޓް ހުށަނާޅާތީ ތިން ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

އޮޑިޓް ރިޕޯޓް ހުށަނާޅާތީ ތިން ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ 3 ޕާޓީއެއް ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނީ އޮޑިޓް ރިޕޯޓް ހުށަނޭޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައި ވަނީ އެމްޓީޑީ އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ކަމަށެވެ. މި ތިން ޕާޓީވެސް ޖޫރިމަނާ ކޮށްފައި ވަނީ ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިން ކަމަށް އީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަންގެ އިތުރުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ. އެއްވެސް ޕާޓީއަކުން ޤާނޫނާ އެއްގޮތަށް މާލީ ރިޕޯޓެއް ހުށަހަޅާފައި ނުވާނަމަ، 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޕާޓީ ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *