އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ޗެކް ކުރަމުންދިޔަ ބިދޭސީން ތަކެއް. ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުގެ ވެހިކަލަކަށް ގެއްލުން ދިން މީހާ ޑީޕޯޓް ކޮށްލަނީ

އިމިގްރޭޝަނުގެ ވެހިކަލަކަށް ގެއްލުން ދިން މީހާ ޑީޕޯޓް ކޮށްލަނީ

ޤަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން ގެންދިޔަ މަސައްކަތައް ހުރަސް އަޅައި، އިމިގްރޭޝަންގެ ވެހިކަލަކަށް ބިދޭސީއެއް ގެއްލުންދީފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިމިގްޝަން އަދި ޕޮލިހުން ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސް އަޅައި އަދި ވެހިކަލަށް ބިދޭސީއަކު ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަދި ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ޤާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށް ފަހު ޑީޕޯޓް ކުރެވޭނެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެ،" ޝަމްއާން ވިދާޅުވިއެވެ.

އޭގެއިތުރުންވެސް ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވަނީ މާލޭގައި ޓޭކްއަވޭ / ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ އޮޕަރޭޝަނުގައި ބިދޭސީ ހަ ފިރިހެނަކާއި އަންހެނަކު  އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެތެރެއިން ތިން ބިދޭސީން ހިންގަމުން ދިޔަ ކެފޭއެއް ބަންދު ކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *