މުއިއްޒު މޭޔަރު ކަމުގައި ހުރިއިރު މާލޭގެ ތަރައްގީއަށް ކަމެއް ނުކުރޭ، ރައީސް ކަމުގައިވެސް ނުކުރޭ: އާޒިމް

މުއިއްޒު މޭޔަރު ކަމުގައި ހުރިއިރު މާލޭގެ ތަރައްގީއަށް ކަމެއް ނުކުރޭ، ރައީސް ކަމުގައިވެސް ނުކުރޭ: އާޒިމް

މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރުވެސް މާލޭގެ ތަރައްގީއަށް ޑރ މުޙަންމަދު މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި، އަދި މިޙާރު ރާއްޖޭގެ ރައީސް ކަމުގައި ހުންނަވާއިރުވެސް ރާއްޖޭގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ،

ރޭ އޮތް އެމްޑީީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖެއަށް ލިބުނު ތަރައްގީއެއް ވިއްޔާ ލިބިފައި ވަނީ އެމްޑީޕީގެ މަސައްކަތުން ކަމަށާއި އިތުރު އެއްވެސް ތަރައްގީއެއް ރާއްޖެއަށް ލިބިފައިނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ވަނީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ކަމަށެވެ. އެގޮތުން އާސަންދަ އާއި ދޮށީ އުމުރުގެ މީހުންނަށް އެލަވެންސް ދޭން ފެށި ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އެމްޑީޕީގެ ދެވަނަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދެ ފަހަރެއްގެ މަތިން ދިން ކަމަށެވެ.

"އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން މި ގައުމަށް ލިބުނު ތަރައްގީއެއް ލިބުނީ، މި ގައުމުގެ ރައްޔިތުންނަށް ކޮޅަށް ތިބެވުނީ. [ތަރައްގީ ލިބުނީ އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން، އޮހޮރި ލެއިން، އޮހޮރި ދަލުން. އެ ނޫން އެއްވެސް ކަމެއް ވެގެނެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *