މަޓާޓޯގެ ރައީސް ގިޔާސް، އެމްއެމްޕީއާރްސީގެ ޗެއާމަނަކަށް އައްޔަނު ކޮށްފި

މަޓާޓޯގެ ރައީސް ގިޔާސް، އެމްއެމްޕީއާރްސީގެ ޗެއާމަނަކަށް އައްޔަނު ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާމަން އަކަށް، މަޓާޓޯގެ ރައީސް ހ. ލޭޑީބާރޑްއާގެ، އަބްދުﷲ ގިޔާސް ރިޔާޒް އައްޔަން ކޮށްފިއެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޗެއާމަން އަކަށް ގިޔާސް އައްޔަން ކޮށްފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މިއަދު ގިޔާސް އައްޔަން ކޮށްފައިވާ ކަމަަށްވެސް ބުނެފައިވެއެވެ.

މަޓާޓޯގެ ރައީސް ކަމަށް ގިޔާސް އައްޔަން ކުރީ 2022 ވަނަ އަހަރުއެވެ. އޭނާ މީގެކުރިން ވަނީ މަޓާޓޯގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

އެމްއެމްޕީއާރްސީއަށް ގިޔާސް އައްޔަނު ކޮށްފައި މި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ބައްސާމު އާދަމް އާއި އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފުގެ ގޮތުގައި ހިމެނޭ އިބްރާހިމް އާސިމް ވަކިކުރިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *