ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ޤާނޫނަށް އިސްލާހު ގެންނަން ނިންމައިފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ޤާނޫނަށް އިސްލާހު ގެންނަން ނިންމައިފި

ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބަށް 120 މިލިއަން ރުފިޔާ އަދި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ. އެހެން ކަމުން ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ޚަރަދު ވާނީ 120 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ،

"ދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެ ނަމަ، އެއީ ރައްޔިތުންނަވެސް ވަރަށް ފަސޭހަ ކަމަކަށް އެބަވޭ. ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތުގެ ބާރު ތަކަށް މީހުން ހޮވާއިރު ވެރިކަން ކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހޮވާ ބޭފުޅުން ހޮވުމުގައި އެ ވިސްނުމުގައި ކުރުމަށް ފަސޭހަ ވެގެންދޭ." ރައީސް ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ވުމުން ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުން ތާއީދު ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"ރައްޔިތުން މިގޮތަށް ނިންމައި ދެއްވައިފިއްޔާ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް، 2028 ގައި މިދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް. ރައްޔިތުން އެގޮތަށް ނިންމަވާދެއްވާނެކަން އަޅުގަނޑު ޔަގީން ކުރަން." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް މިއަހަރުގެ ތެރޭގައި އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *