އީރާނުގެ އާ ރައީސަކަށް މަސްއޫދު ހޮވިއްޖެ

އީރާނުގެ އާ ރައީސަކަށް މަސްއޫދު ހޮވިއްޖެ

އީރާނުގެ ކޮންޒަވޭޓިވް ވާދަވެރިޔާ ސައީދު ޖަލީލީގެ މައްޗަށް ކުރި ހޯދައި، އިރާނުގެ އާ ރައީސް ކަމަށް ރިފޯމިސްޓް މަސްއޫދު ޕެޒެޝްކިއަން އިންތިހާބު ކޮށްފިއެވެ.

އެ ވޯޓު ޑރ ޕެޒެޝްކިއަންއަށް ކާމިޔާބު ވެފައި ވަނީ ގުނާފައިވާ 30 މިލިއަނަށްވުރެ ގިނަ ވޯޓުގެ %53.3 ލިބިވަޑައިގަތުމުންނެވެ. ޖަލީލީއަށް ލިބިފައި ވަނީ %44.3 ވޯޓެވެ. އިންތިޚާބުގެ ދެވަނަ ބުރު ބާއްވާފައި ވަނީ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބުމުންނެވެ.

މި އިންތިޚާބު ބާއްވާފައި ވަނީ އީރާނުގެ ކުރީގެ ރައީސް، އިބްރާހިމް ރައިސީ މެއި މަހު ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެންނެވެ. އީރާނުގެ އިންޓީރިއާ މިނިސްޓްރީން ފައިނަލް ނަތީޖާ އިއުލާން ކުރުމުގެ ކުރިންވެސް ޑރ ޕެޒެޝްކިއަންގެ ސަޕޯޓަރުން ވަނީ ތެހެރާނާއި އެހެނިހެން ގިނަ ސިޓީތަކެއްގެ މަގުތަކަށް ނުކުމެ އުފާފާޅުކޮށްފައެވެ. އެންމެ ފަހުގެ ވޯޓުގެ ބުރުގައި ވޯޓުލި މީހުންގެ އަދަދު ފުރަތަމަ ބުރަށް ވުރެ 50% ގިނައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *