މުވައްޒަފަކަށް މުސާރަ ނުދޭ މައްސަލައަކަށް ޖަވާބުދާރީވާން އެޗްޑީސީއަށް އަންގައިފި

މުވައްޒަފަކަށް މުސާރަ ނުދޭ މައްސަލައަކަށް ޖަވާބުދާރީވާން އެޗްޑީސީއަށް އަންގައިފި

ތިން މަހެއްހާ ދުވަސް ވަންދެން މުވައްޒިފަކަށް މުސާރަ ނުދޭކަމަށް ބުނެ ހުށަހެޅި މައްސަލައަކަށް ޖަވާބުދާރީވާން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އަންގައިފިއެވެ.

މި މައްސަލައަކީ ތިނެއް ޖަނަވަރީ 2007 ވަނަ ދުވަހުން ފެށިގެން އެޗްޑީސީ ގައި ވަޒީފާ އަދާކުރަމުން ދިޔަ އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރު ސ. ފޭދޫ ހިރުދުމާގެ އަހުމަދު ފަތުހީ އަށް މިދިޔަ ފެބްރުއަރީ މަހުގެ 21 އިން ފެށިގެން 20 އޭޕްރީލް ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ލިބިފައި ނުވާތީ އާއި އެޗްޑީސީގެ ހާޒިރީއާގުޅޭ ގަވާއިދު ތަކާހިލާފު ވެފައިވާ ކަމަށް ބަޔާންކޮށް އޭނާއަށް ދީފައިވާ އިންޒާރު ބާތިލް ކޮށްދިނުމަށް އެދި ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވެ.

މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމާ ގުޅިގެން، އެއީ ޓްރައިބިއުނަލަށް ބެލޭނެ މައްސަލައެއް ނޫން ކަމަށްބުނެ އެޗްޑީސީން ވަނީ އިޖުރާއީ ނުކުތާއެއް ހުށަހަޅައިފައެވެ. އެ ނުކުތާގައި އެޗްޑީސީން ބުނެފައި ވަނީ އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީގެ ދަށުން މުވައްޒުފަކާ ދެކޮޅަށް އަޅާ އިދާރީ ފިޔަވަޅުތައް އެޗްޑީސީގެ އެތެރޭގެ ނިޒާމު ތަކުގެ ތެރެއިން އިސްތިއުނާފު ކުރުމުގެ ހައްގު މުވައްޒަފުންނަށް ލިބިގެން ވާކަމަށެވެ. އަދި ފަތުހީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ޕޮލިސީގައި ބަޔާން ކޮށްފައިވާ ގޮތަށް އިސްތިއުނާފު ކުރެވޭނެ ކަންކަން ކަމަށާއި، އިޖުރާއީ އޮތް އެކަންތައް ފުރިހަމަ ނުކޮށް މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވުމަކީ އެޗްޑީސީގެ ޕޮލިސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އޭގެއިތުރުން ފަތުހީ ދައްކާފައި ވަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަަމަށާއި، އެ ވާހަކައިގެ މައްޗަށް ބިނާކޮށް މި މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެ ނުކުތާތަކަށް ރިއާޔަތްކޮށް އެޗްޑީސީން ބުނެފައި ވަނީ މި މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާތީ ހުށަހެޅިފައި ވާގޮތަށް މި މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި އިޖުރާއީ ނުކުތުއާ ބެހޭގޮތުން ދެފަރާތުން ދެއްކި ވާހަކަތަކަށް ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިިންމުމުގައި ވަނީ، އެޗްޑީސީން ހުށަހޅާފައިވާ އިޖުރާއީ އިއުތިރާޒް ބަލައިގަތުމަށް ނުފެންނަ ކަމަށް ނިންމައި މި މައްސައަކީ ވަޒީފާއާބޭހޭ ޓްރައިބިއުނަލަށް ބެލުުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލައިގެ މައުލޫއުއަށް ޖަވާބުދާރީ ވުމަށް އެޗްޑީސީއަށް އަންގާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *