ގަވާއިދާ ޚިލާފަށް ކޮފީޝޮޕް ހިންގަމުން ދިޔަ ބިދޭސީން ތަކެއް އަތުލައިގެންފި

ގަވާއިދާ ޚިލާފަށް ކޮފީޝޮޕް ހިންގަމުން ދިޔަ ބިދޭސީން ތަކެއް އަތުލައިގެންފި

ގަވާއިދާ ޚިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕްގެ ޚިދުމަތް ދެމުން ގެންދިޔަ ބިދޭސީން ތަކެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން އެމީހުން އަތުލައިގަތީ ހުޅުމާލެ އެކަކުން ކަމަށެވެ.

އެ މީހުން އަތުލައިގަތީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުޅުމާލެ އެކެއްގައި ޓޭކްއަވޭ ކޮފީ ޝޮޕްތައް ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، މީހުންގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މިދިޔަ ހަފްތާގައިވެސް ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީން ތަކެއް ވަނީ އަތުލައިގެންފައެވެ.

އިމިގްރޭޝަނުން ބުނެފައި ވަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިދިޔަ ހަތް މަސް ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު 1،800 އެއްހާ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށެެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *