ވެމްކޯއަށް 39 ހާސް ރުފިޔާ ދައްކަން އެފްއޭއެމަށް ކޯޓުން އަންގައިފި

ވެމްކޯއަށް 39 ހާސް ރުފިޔާ ދައްކަން އެފްއޭއެމަށް ކޯޓުން އަންގައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް އަށް 39،108 ރުފިޔާ ދައްކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނަގައިދިނުމަށް އެދި އެފްއޭއެމް އިން ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކޮށްފައި ނުވާތީ ވެމްކޯއިން އެފްއޭއެމްގެ މައްޗަށް ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.

ވެމްކޯއިން ބުނެފައި ވަނީ އެއްބަސްވުމުގެ ދަށުން ހުށަހެޅި އެޕްލިކޭޝަނާއި އެއްގޮތަށް އެފްއޭއެމްއިން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރާނެ ކަމުގެ މައްޗަށް ބުރަވެ، އެ ފަރާތުން އެދުނު ގޮތަށް ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި އުކައިދިނުމުގެ ހިދުމަތް ދީ، އެ ހިދުމަތުގެ އަގުގެ ގޮތުގައި އެފްއޭއެމަށް ބިލް ކޮށްފައިވާ އިންވޮއިސް ތަކަށް އެފްއޭއެމުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެން ކަމުން މި މައްސަލަައަކީ އެ އިންވޮއިސް ތަކަށް ދައްކަންޖެހޭ ޖުމްލަ 39،108 ހޯދުމަށް އެދި އެފްއޭއެމްގެ މައްޗަށް ވެންކޯއިން ދައުވާ ކުރުމުން ބެލި މައްސަލަ އެކެވެ.

ވެމްކޯއިން ހުށަހަޅާފައިވާ ދައުވާ ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިއުންތައް އެފްއޭއެމްއަށް ރައްދުކުރި ނަމަވެސް ދައުވާއަށް ރައްދު ނިދުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެފްއޭއެމްގެ ފަރާތުން ރައްދު ދީފައެއް ނުވެއެވެ. އެހެން ކަމުން ވެމްކޯއިން އެދުނީ އެ ފައިސާ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަންގައި މި މައްސަލަ ވީ އެންމެ އަވަސް ފުރުސަތެއްގައި ނިންމައި ދިނުމަށެވެ. އަދި މި މައްސަލަ އެފްއޭއެމްގެ ޣައިރު ޙާޒިރުގައި ވިޔަސް ނިންމައިދޭން އެދުނެވެ.

އެކަމާގުޅިގެން މައްސަލަ ބެލުމަށްފަހު، އެ ފައިސާއަކީ ވެމްކޯއަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑަައަޅައި، އެފައިސާ ވެމްކޯއަށް ދެއްކުމަށްޓަކައި އަންނަ ބުދަ ދުވެހުގެ 2:00 ގެކުރިން ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *