އެއްވެސް ޒިންމާއެއް ނެތް ގޮތުގައި ސަރުކާރުން ދީފައިވާ ސިޔާސީ ވަޒީފާ ތަކުގައި ތިބި އެންމެން ވަޒީފާއިން ވަކިކޮށް، ދައުލަތަށް ފައިދާނުވާ ހުރިހާ ކުންފުނިތައް އުވާލަން ކެރިވަޑައިގެން އެކަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ރައީސް ޑރ. މުއިއްޒަށް ގޮވާލައްވައިފިއެވެ.
ގާސިމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުނ،ް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަައިވާ ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މިވަގުތަކީ ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާމެދު ވިސްނަންޖެހޭ ވަގުތު ނޫން ކަމަށާއި، މިއީ ގައުމު ސަލާމަތް ކުރަންޖެހޭ ވަގުތު ކަމަށް ޖޭޕީގެ ރައީސް އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގައުމު ދަރަނިވެރިވެ މާލީ ހާލަތު އޮތް ދަށު ދަރަޖަ ފާހަގަ ކުރައްވައި ދައުލަތުގެ ހަރަދު ކުޑަ ނުކޮށް، އައިއެމްއެފްގެ ޕްރޮގްރާމިން ބަޖެޓަށް ދާންޖެހިއްޖެނަމަ ދިމާވެދާނެ ކަންތައްތައް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، ދައުލަތުގެ މިލްކިއްޔާތާއި މުދާ އެކި ގޮތްގޮތަށް ގޮސް ނިކަމެތި ގޮތަކަށް ކަސްތޮޅު އެޅިގެން ދާހިސާބަށް ކަންތައްތައް ދިއުމަށަ ފުރުސަތު ދިނުމަކީ މަޖިިލިސް މެންބަރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ، އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ޕްރޮގްރާމް ބަޖެޓަށް ގޮސްފި ނަމަ، ރައީސުލްޖުމްހޫރިއްޔާއެއް ހުރުމުގެ ބޭނުމެއްވެސް ނެތް ކަަމަށެވެ.
"އޭގެއިތުރަށް އެންމެ ޒަރޫރީ ހާލަތަށް އޮންނަ ސަބްސިޑީވެސް ޖެހޭނީ ކަނޑައިލަން .ހުރިހާ ސަބްސިޑީ ތަކެއް ޖެހޭނީ ކަނޑައިލަން، އެވާހަ މި ދަންނަވަނީ އެ ހުރިހާ މައުލޫމާތެއް ލިބި ހުރި މީހެއްގެ ހައިސިއްޔަތުން، ތަޖުރިބާ ކޮށްފަ ހުރި މީހެއްގެ ހައިސިއްޔަތުން، މަނިޓަރީ ޕޮލިސީ އާއި ފިޒިކަލް ޕޮލިސީގެވެސް އިންޗާޖަކަށް ހުރި މީހަކަށް ވާތީ، އެކަން ދެނަ ހުރި، އެނގޭ މީހަކަށް ވާތީ، އެނގި ހުރި މީހަކަށްވާތީ، އެކަން މެނޭޖުކޮށްފަ ހުރި މީހަކަށް ވާތީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ ކަންކަމާ ގުޅިގެން ސަރުކާރުން. ރައީސް ޑރ. މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެކަމާ ގުޅިހެން ކުރިއަށް އަޅަން ހުރި ފިޔަވަޅުތައް ލަސްނުކޮށް ސާބިތުކަމާއެކު އަޅައިގެން ނޫނީ ސަލާމަތެއް ނުވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އައިއެމްއެފް ޕްރޮގްރާމިން ބަޖެޓަށް ނުގޮސް، އެކަމުން ސަލާމަތްވުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައި އެކަމުން ސަލާމަތްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް މަޖިލިސް މެންބަރުން ތިއްބެވީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ގެއްލުންވާ ކުންފުނިތައް އުވާލައި ޒިންމާއެއް ނެތް ގޮތަށް ވަޒީފާ ދީފައިވާ ފަރާތްތައް ވަކި ކުރުމަށްވެސް ރައީސްގެ ކިބައިން ގާސިމް އެދިވަޑައިގެންނެވިއެވެ.
"ކެރިވަޑައިގެން ސާބިތުކަމާއެކު ގެއްލުންވާ ކުންފުނިތަކާއި ދައުލަތުން އިސްލާހު ކުރަންޖެހޭ މައްސަލަަތަކާއި، އެއްވެސް ޒިންމާއެއްނެތް ގޮތަށް ދީފައި ހުރި ވަޒީފާ ތަކާއި، ކުންފުނި ތަކުން ލިބޭ ނިކަމެތިކަން ދައުލަތުން އެބަޖެހޭ ވަރަށް ރަނގަޅަށް ބެއްލެވުމަށް ފަހު އަޅަންޖެހޭ ހުރިހާ ފިޔަަވަޅު ތަކެއް އަޅަން، މި ގައުމު ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، ބޯން ޖެހުނު ކޮންމެ ހިތި ބޭހެއް ބޯން މިތިބީ ތައްޔާރަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މާދަމާ ޑޮރަލު ނުލިބޭ ހިސާބަށް، އަދި ބޭނުންވާ މީހާއަށް އަސާސީ ހިދުމަތްތައް ނުލިބޭ ހިސާބަށް އަދި އެބްމެ ބޮޑުލާރި ފޮއްޗެއް ނުލިބޭ ހިސާބަށް ގައުމު ދާން ދޫކޮށްލ؛ައިގެން ވާހަކަ ދައްކާލަ ދައްކާލަ ތިބެވެން ނެތް ކަމަށެވެ.
"ކޮންމެ ވާހަކައެއް އިންތިހާބު ކާމިޔާބު ކުރަން ދައްކަވާފައި އޮތް ނަމަވެސް މިއީ އެކަމާމެދު ވިސްނަން ޖެހޭ ވަގުތެއް ނޫން، ގައުމު ސަލާމަތް ކުރަން ޖެހޭ ވަގުތު، ހުރިހާ ވައުދެއް ފުއްދައިފައެއް ނެތް އެއްވެސް ބޭފުޅަކު އަދި އެކަމެއް ނުވެސް ކުރެއްވޭނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެކަމަށްޓަކައި ސަރުކާރުން އަޅާ ހުރިހާ ފިވަޅަކަށް ގުރުބާންވާން ތައްޔާރަށް ހުންނެވި ކަަމަށެވެ. އެހެން ކަމުން ބޭސްފަރުވާ ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ނުލިބެންދެން، އަދި ބޭރުގައި ކިޔަވަން ހުރި ކުއްޖާއަށް ޑޮލަރު ނުލިބޭ ހިސާބަށް ދަންދެން ނުތިބެ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުއްވުމަށް ގާސިމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވައިލައްވައިފައެވެ.