ޕީޖީ އޮފީހަކު ކޮރަޕްޝަނެއް ނޯންނާނެ، އެއީ އަޅުގަނޑުމެން މާމޮޅުވެގެނެއްނޫން، ނިޒާމު ރަނގަޅީމަ: ޝަމީމް

ޕީޖީ އޮފީހަކު ކޮރަޕްޝަނެއް ނޯންނާނެ، އެއީ އަޅުގަނޑުމެން މާމޮޅުވެގެނެއްނޫން، ނިޒާމު ރަނގަޅީމަ: ޝަމީމް

ޕްރޮސިކިއުޓާޖެެނެރަލް (ޕީޖީ އޮފީސް) ގައި އެއްވެސް ވަރަކަށް ކޮރަޕްޝަނެއްނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުގެ މަސައްކަތްތައް ރާވާލާފައި ވަނީ ކޮރަޕްޝަނަށް އެއްވެސް ގޮތަކަށް މަގުފަހި ނުވާގޮތަށް ކަމަށެވެ.

"އެއީ އަޅުގަނޑުމެން ކޮންމެހެން މާ މޮޅުވެގެނެއް ނޫން. ކޮރަޕްޝަން ނުހިންގޭނެ ނިޒާމުތަކެއް ގާއިމް ކުރެވިގެން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ތިން މީހުން ވެގެން ނޫނީ ޕީޖީ އޮފީހުގެ އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އޭގެތެެރެއިން ކޮންމެ މީހަކު، އެމީހަކަށް ފެންނަ ގޮތް ލިޔަން ޖެހޭނެ ކަމަށާއި، އެއީ ފެންނަން އޮންނާނެ ލިއުމެއް ކަމަށާއި، އޭނާ ކީކޭތޯ ބުނީ ފަހުންވެސް ބަލައިލަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ އަނެއް ކަމަކީ އަހަރަކު އެއްފަހަރު މުވައްޒަފުންގެ މަސައްކަތް އެއްކޮށް ބަދަލު ކޮށްލުން ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ ހުރިހާ މަސައްކަތެއް އެއްކޮށް ބަދަލުވާނެ. ޑްރަގް މައްސަލަ ތަކުގައި ކޯޓަށް ވަޑައިގަންނަވާ ބޭފުޅުން އަންނަ އަހަރު ދާން ޖެހިދާނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ ތަކުގައި، ނުވަތަ ޓެރިޒަމްގެ މައްސަލަތަކުގައި،"  ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުުރުން ރެންޑަންކޮށް ބައެއް މައްސަލަތައް އެހެން ބޭފުޅުންނާ ހަވާލުކުރާ ކަމަށާއި، އެއީ ކުރިން ކޯޓަށް ދާން އޮތް ބޭފުޅަކު އެހެން މައްސަލައަށް ބަދަލުކޮށް އެ މައްސަލައަށް ފޮނުވުން ކަމަށްވެސް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އެހެން ހަދަނީ ކޮރަޕް ނެޓްވޯކެއްވެސް އުފެދުނަ ނުދިނުމަށެވެ. އެހެން ކަމުން ނިޒާމުުގެ ތަރުތީބު ތަކުގެ ތެރެއިން ޕީޖީ އޮފީހުގައި ކޮރަޕްޝަން ނުހިނގާނެކަން ޔަގީން ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *