އީސަގެ މަރު: ސަމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމިގޮތް ރަނގަޅު: ސުޕްރީމް ކޯޓުން

އީސަގެ މަރު: ސަމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމިގޮތް ރަނގަޅު: ސުޕްރީމް ކޯޓުން

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ/ ދޭލިއާގޭ، މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ދައުވާކުރާ، އދ. މާމިގިލީ/ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރަން ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށްސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ ބަންދުން ދޫވެފައި ވަނިކޮށް އަލުން އޭނާ ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ފޮނުވި މައްސަލައިގައި ސައްމާހު ބަންދު ނުކުރަށް ދެވަނަ ފަހަރުވެސް ހައިކޯޓުން ހުކުމް ކުރުމުން ޕީޖީން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައި ވަނީ، ސައްމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ ބަންދުކުރަން އެ މައްސަލަ ހައިކޯޓަށް އަލުން ފޮނުވުމަށެވެ.

ނަމަވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އޭނާ ބަންދު ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗްގައި ތިއްބެވި ތިން ފަނޑީޔާރުންގެ އިއްތިފާގުން ނިންމާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *