ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާާއެކު ގާސިމް އިބްރާހިމް މަޖިލިސް އިދާރާގެ ގޯތި ތެރޭގައި.

މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރާކަށް ނުފެނޭ: ގާސިމް

މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރާކަށް ނުފެނޭ: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ދެމުން އަންނަ މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ދެ ދައުރަށް ކުރިމަތިލެވޭ ގޮތަށް ލިމިޓް ކުރުމަކީ އެއްވެސް ގައުމެއްގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ދެކޮޅު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަންވެސް ނުފެންނަ ކަމަށް އަދި އިނާޔަތްތައްވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން. އެހެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މިތަނަށް ހޮވިވަޑައިގަންނަވާ މެންބަރުން 20000 ރުފިޔާގެ އެލަވެންސްއެކޭ ބުންޏަކަސް، 20000 ރުފިޔާއިން ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭ،" ގާސިމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް، ޔުނިޓަރީ ދައުލަތެއް އޮންނަންޖެހޭ އެންމެ ރަނގަޅަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މެންބަރުންނަކީ އިތުރު މަސައްކަތްތަކެއް ނުވަތަ އިތުރު މުސާރައެއް ލިބޭ ބައެއް ނޫން ކަމަށާއި އެހެން ކަމުން މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރުމަށް ދެކޮޅު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *