އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ކޮމިޓީން ފާސްކޮށްފި

ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާޟުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސްކިށްފިއެވެ.

ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާޟުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސް ކޮށްފިއެވެ.

އަލީ ހާޝިމް ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. މި މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، މަނިޓަރީ އޮތޯރިޓިގެ ގާނޫނުގައި އެމްއެމްއޭގެ މައިގަނޑު މަގުސަދުތައް ވަރަށް ސާފު ބަޔާންކޮށްފައިވާކަމަށެވެ.

"އެއީ ފައިސާ ނެރެ ފައިސާ ލިބެން ހުންނާނެ ގޮތް ހަމަޖެއްސުމާއި ދިވެހި ރުފިޔާގެ ބައިނަލް އަގުވާމީ އަގު ކަނޑައެޅުމާއި ބޭންކިން އާއި މަނިޓަރީ މުއާމަލާތާބެހޭ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށް ބޭންކު މުއާމަލާތާބެހޭ އުސޫލުތައް އެކަށައަޅައި ހިންގައި ރާއްޖެއަށް ހަމަޖެހޭ އިގްތިސާދީ ތަރައްގީއެއް ގެނަސް ދެވޭނެގޮތެއްގައި މާލީ ހާލަތު ކުރި އެރުވުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގައުމެއްގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް އޮންނަ މައިގަނޑު ދެ އަސާސަކީ ފިޒްކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީ ކަމަށެވެ. މި ދެ ޕޮލިސީގެ ތެރެއިން ފިޒްކަލް ޕޮލިސީއަކީ ސަރުކާރުގެ ހަރަދުތައް ބައްޓަންކުރާނެ ގޮތްތަކާއި ޓެކްސް ނަގާނެ މިންވަރުތައް ކަނޑައެޅުންފަދަ އިގްތިސާދީ ކަންކަމުގައި ސަރުކާރުން އަމަލު ކުރާ އުސޫލުތައް ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މަނިޓަރީ ޕޮލިސީއަކީ އިގްތިސާދުގެ ތެރޭގައި ދައުރުވާ ފައިސާ ކަނޑައެޅުމާއި ބޭންކިން އުސޫލުތަކުގެ ތެރެއިން އިންޓްރެސްޓް ރޭޓް ކަނޑައެޅުންފަދަ، ސީދާ ގޮތެއްގައި އިގްތިސާދުގެ ތެރޭގައި ފައިސާ ހުންނާނެ މިންވަރު ކަނޑައެޅުން ކަމަށާއި އެއީ އެމްއެމްއޭގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު އަލީ ހާޝީމް މަގާމުން ވަކިކުރަންޖެހޭ ކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ގައުމުގެ ފިޒްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފްކޮށް އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަަމަށެވެ. ނަމަވެސް ގައުމުގެ އިގްތިސާދު ހީނަރުވެ އަލުންއަނބުރާ އިއާދަކުރުން އުނދަގޫހިސާބަކަށް އިގްތިސާދު ނިކަމެތިވެގެންދިޔައިރު އެމްއެމްއޭގެ ގާނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމަށްވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިނގަމުންދާތަން ފެންނަންނެތް ކަމަށްވެސް ވިދާޅުވިއެވެ.

"މިގޮން އެންމެ ފާހަކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭޝަލް އިންސްޓިޓިއުޝަންތަކުން އާއްމުންނަށް ލޯނުދިނުން ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވައިފަ، އެގޮތަށް އަމަލު ކުރުމުން އިގްތިސާދުގެ ތެރޭގައި ދައުރުވާންހުރި ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފަ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސަރުކާރުންވެސް މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުންކަމަށެވެ. އެހެންކަމުން  ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެކަންކުރަމުންދާތަން ފެންނަމުން ނނުދާކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މިނިސްޓްރީން އޮފް ހޯމްއެފެއާޒާއި ދިވެހި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތު ތަކުގައި ކުށް ކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތައް އަދާހަމަކުރެވިފައި ނުވާ މައްސަލަ ފާހަގަ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރު އައިފަހުން ގާނޫނުގައި ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެން ކަމުން އެމްއެމްއޭގެ ގަވަރުނަރު  އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިްޔާއަށް ލަފާއަރުން ކޮމިޓީން ފާސްކުރަން ނާޒިމް ހުށަހެޅުއްވިއެވެ.

ނާޒިމްގެ ހުށަހެޅުމާ އެއްގޮތަށް އަލި ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފާސްކުރީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި ދެން ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި އެހެން ހުރިހާ މެންބަރުން ވޯޓުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *