އެމްއެމްއޭގެ ގަވަރުނަރާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތު އަދައެއް ނުކުރޭ: ނާޒިމް

އެމްއެމްއޭގެ ގަވަރުނަރާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތު އަދައެއް ނުކުރޭ: ނާޒިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އެ މަނިކުފާނާ ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ދައުލަތުގެ ފިޒިކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރަށް މަސައްކަތް ކުރެވޭނީ ކަމާބެހޭ ޕޮލިސީގެ ދަށުން ކަމަށެވެ. ނަމަވެސް ދައުލަތާއި އިގްތިސާދުގެ މައްޗަށް ބާރު ނުފޯރުވޭ އެހެން ހާލަތެއް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުން ކަމަށާއި، މަނިޓަރި ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރަމުން ދާތީކީ، މިސަރުކާރު ވެރިކަމާ ހަވާލުވެގެން މިވީ ހަތް މަސްދުވަހުގެ ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލބިފައެއް ނުވޭ އަދި މަޖިލީހަކަށްވެސް ލިބިފައެއް ނުވޭ،" ނާޒިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *