މަޖިލިސް މެމްބަރުންނަށް މުލީއާގެ އިން މަހަކު ބައިލައްކަ ރުފިޔާ ދޭ ވާހަކަ ދޮގު ކޮށްފި

މަޖިލިސް މެމްބަރުންނަށް މުލީއާގެ އިން މަހަކު ބައިލައްކަ ރުފިޔާ ދޭ ވާހަކަ ދޮގު ކޮށްފި

ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭކަމަށް ދައްކާ ވާހަކަ އެ ފަރާތުން ދޮގު ކޮށްފިއެވެ.

މުލިއާގެއިން އެ ކޮމިޓީގެ މެންބަރުންނަށް 50،000 ރުފިޔާ ދޭ ކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރެެއްވީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. މީގެ އިތުރުން އިތުބާރުހުރި ފަރާތްތަކާ ހަވާލާދީ ކަމަށްބުނެ ބައެއް ނޫސްތ ންވެސް އެވާހަކަ ބުނެފައިވެއެވެ. އަދި ސޯޝަލް މީޑީއާގައިވެސް އެ ވާހަކަތައް ވަނީ ފެތުރިފައެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަލު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސ’ްގައި ކުރެއްވި ޕޯސްޓަކުން އެކަން ވަނީ ދޮގު ކޮށްފައެވެ. އެ ވާހަތައް ދޮގު ކުރައްވައި ހީނާ ވިދާޅުވެފައި ވަނީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

ހީނާގެ އިތުރުން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންވެސް އެކްސްގައި އަންނަނީ އެވާހަކަ ދޮގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *