މާލެއިން ކަނޑާލި މުސްކުޅި 7 ރުކުގެ ބަދަލުގައި ޒުވާން 15 ރުށް އިންދަނީ

މާލެއިން ކަނޑާލި މުސްކުޅި 7 ރުކުގެ ބަދަލުގައި ޒުވާން 15 ރުށް އިންދަނީ

ލެއިން ކަނޑާލި މުސްކުޅި 7 ރުކުގެ ބަދަލުގައި ޒުވާން 15 ރުށް އިންދާނެ ކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން މިއަދުވަނީ ދަރުބާރުގެ ކައިރީގައިހުރި ދުވަސްވީ ހަތް ރުކެއް ކަނޑާލައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސިޓި ކައުންސިލަށް އަމާޒުވެފަ އެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން އާޒިމް މިރޭ ވިދާޅުވީ ދަރުބާރުގެ ކައިރީގައި އަލުން ރުއް ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާނެ ކަމަށެވެ.

“އަޅުގަނޑުމެން މި އުޅެނީ އެ ތަނުގައި ތަރުތީބަކާ އެކު ރުއް ޖަހަން،" އާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން އަންނަ އާދީއްތަ ދުވަހު ހަވީރު 15، ޒުވާން ރުއް އިންދަން ފަށާނަން." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކަނޑާލައިފައިވަނީ ވަރަށް ދިގު ރުއްތަކެއް ކަމަށެވެ .ގާނޫނުގައި އޮންނަ ގޮތުން، ހަތް ރުއް ކަނޑާލަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ނުޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *