ޒަމީލް އާއި މަހްރާން ޖޫރިމަނާ ކުރި ނިންމުން ބާތިލް ކުރުމުން ދައުވާ ނަގައިފި

ޒަމީލް އާއި މަހްރާން ޖޫރިމަނާ ކުރި ނިންމުން ބާތިލް ކުރުމުން ދައުވާ ނަގައިފި

މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި، ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ކެންޑިޑޭޓެއްގެ ހައިސިއްޔަތުން، އިންތިޚާބާބެހޭ އާއްމު ޤާނޫނުގެ ދަށުން ހުށަހެޅި މާލީ ބަޔާނަކީ ޤާނޫނާ އެއްގޮތް ބަޔާނަކަށް ނުވާތީ އޭނާ ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލް ކުރުމުން އެކަމާބެހޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

މާލީ ބަޔާނުގެ މައްސަލައިގައި އީސީން ޒަމީލު ޖޫރިމަނާ ކުރީ 20،000 އިންނެވެ. މި މައްސަލައިގައި ޒަމީލްގެ އިތުރުން އޭނާގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައި ހިމެނުނު އޭނާގެ އަމިއްލަ ދަރިފުޅު އަހުމަދު މަހްރާން ޒަމީލް 6،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އީސީން ނިންމިއެވެ.

އެ މައްސަލައާއި ގުޅިގެން، އީސީން އެގޮތަށް ނިންމުމުގައި އިންތިޚާބު ތަކާބެހޭ އާއްމު ޤާނޫނުގައި ބުނާ ފަދައިން، ކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބެލި ގޮތް މުރާޖައާ ކުރުމަށާއި، ކޮށްފައިވާ ޖޫރިމަނާގެ މިންވަރު މުރާޖައާ ކުރުމަށް އީސީއަށް އަންގައި ދިނުމަށް އެދި ހަސަން ޒަމީލް އާއި މަހްރާންގެ ފަރާތުން އީސީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނުރެނުނެވެ.

އެހެން ކަމުން މި މައްސަލައަކީ އެކަމާއި ގުޅިގެން ހަސަން ޒަމީލް އާއި މަހްރާންގެ ފަރާތުން ހުށަހެޅި ޖުޑިޝަލް ރިވިއުގެ މައްސަލައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ދެމީހުން ޖޫރިމަނާ ކުރުމަށް އީސީން ނިންމި ނިންމުން ބާތިލް ކުރުމަށް ނިންމާފައިވާކަން އެ ކޮމިޝަނުން މިމަހު 23 ގައި ފޮނުވި ސިޓިން އަންގާފައިވާތީ އެ ދައުވާ ހުށަހެޅި ފަރާތުން ދައުވާގެންދަން ކޯޓުގައި އެދިފައިވާ ކަމަށެވެ.

އެހެން ކަމުން ދައުވާ ކުރާ ފަރާތުން ހުށަހަޅާފައިވާ ގޮތުގެ މަތިން މި ދައުވާ އަނބުރާ ގެންގިސްފައިވާ ކަމަށް ކަނޑައަޅާ ކަަމަށްވެސް ހުކުމްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *