ޖޯޖިޔާ އަތުން ޕޯޗުގަލް ބަލިވެ، ތުރުކީ އާއި ޗެކް ރިޕަބްލިކް މެޗު އެއްވަރު

ޖޯޖިޔާ އަތުން ޕޯޗުގަލް ބަލިވެ، ތުރުކީ އާއި ޗެކް ރިޕަބްލިކް މެޗު އެއްވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ކެޕްޓަން ކަމުގައި އަލަށް ޔޫރޯ ކަހަލަ ބޮޑު މުބާރާތެއްގައި ކުޅޭ ޖޯޖިޔާ އަތުން ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ. އެޓީމުން މޮޅުވީ 2-0 ގެ ނަތީޖާއަކުން ނެވެ. އަދި ފޯރިގަދަ ކުޅުމަކަށްފަހު ތުރުކީ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗު ކާމިޔާބު ކުރީ ތުރުކީއެވެ. އެޓީމު މޮޅުވީ 2-1 ގެ ނަތީޖާ އަކުން ނެވެ.

ފަހުގަޑީ ތުރުކީ އިން ޖެހި ގޯލާއެކު އެޓީމު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ތުރުކީ ޔޫރޯގެ ނޮކައުޓް ބުރަށް ދަތުރުކޮށްފައި މިވަނީ 16 އަހަރަށް ފަހުއެވެ. މިނަތީޖާއާއެކު އެއްވެސް މެޗަކުން މޮޅުނުވެ ޗެކް ރިޕަބްލިކް ވަނީ ގްރޫޕުގެ ފުލަށް ވެއްޓި މުބާރާތުން ކަޓާފައެވެ.

ޖޯޖިއާ އަތުން 2-0 އިން ބަލިވި ޕޯޗުގަލް ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ. ދެ ވަނަ އަށް ދިޔައީ، ހަ ޕޮއިންޓް ހޯދި ތުރުކީއެވެ. ތިން ވަނަ އަށް ދިޔަ ޖޯޖިއާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ޗެކް ރިޕަބްލިކް އަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ.

ތުރުކީން ގަދަ 16 ބުރުގައި، ވާދަކުރަން ޖެހޭނީ މިމުބާރާތުގައި ތަފާތު ދައްކަމުން އަންނަ އޮސްޓްރިއާއާ އެވެ. ޖޯޖިޔާ އަތުން ލަދުވެތި ގޮތަކަށް ޕޯޗުގަލް ބަލިވި ނަމަވެސް އެޓީމަށް ގްރޫޕުގެ އެއްވަނަ ކަށަވަރު ވެފައި ވެއެވެ. ތުރުކީ އަށް ގްރޫޕުގެ ދެނަވަ ލިބުމުން އެޓީމު ވެސް ވަނީ ދެވަނ ބުރަށް ދަތުރުކޮށްފަ އެވެ. ޕޯޗުގަލް އަށްވުރެ މިމެޗުގައި ގިނަ އެޓޭކްތައް ކޮށް ރަނގަޅަށް ކުޅެފައި ވަނީ ޖޯޖިޔާ އެވެ. އަދި ވަކިން ޚާއްޞަކޮށް އެޓީމުގެ ގޯލް ކީޕަރުގެ ކުޅުން ފާހަގަ ކޮށްލަން ޖެހެއެވެ.

ޕޯޗުގަލް މެޗު ފަސޭހަ ކޮށްލައި ކުރީ މެޗުތަކާއި ހިލާފަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެއެވެ. ޕޯޗުގަލް އަށްވުރެ މިމެޗު މުހިންމުކަން ބޮޑުވީ ޖޯޖިޔާ އަށް ކަމަށް ވުމުން އެޓީމުން ވަނީ ވަރަށް ހިއްވަރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *