މި ސަރުކާރުންވެސް ފައިސާ ޗާޕު ކުރި: ޔާމީން

މި ސަރުކާރުންވެސް ފައިސާ ޗާޕު ކުރި: ޔާމީން

ފައިސާ ޗާޕު ކުރުމުގައި ދެގޮތެއް އޮންނަ ކަމަށާއި، އޭގެތެރެއިން އެއްގޮތް އިޚްތިޔާރުކޮށް، ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރުންވެސް ފައިސާ ޗާޕު ކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށް ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައިފިއެވެ.

ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕު ކޮށްފައިނުވާނެ ކަމަށާއި، ފައިސާ ޗާޕު ނުކޮށްވެސް ދައުލަތުގެ ދަރަނިން ބަޔެއް މިހާރު ދައްކާފައިވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ތަފާސް ހިސާބުތައްވެސް ވިދާޅުވެފައެވެ.

ޕީއެންސީގެ އެ ޖަލްސާއާއި ވިއްދައިގެން ޖެހިގެން އައިރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ފައިސާ ޗާޕު ކުރުމުގައި ދެގޮތެއް އޮންނަ ކަމަށެވެ. އެއްގޮތަކީ ބޭރުން ފައިސާގެ ނޫޓު ޗާޕު ކޮށްގެން ގެނައުން ކަމަށެވެ. ދެވަނަ ގޮތަކީ އެމްއެމްއޭގައި ހުރި ފައިސާއިން ދައުލަތަށް ލޯނު ދީގެން އެ ފައިސާ ދައުރު ކުރުން ކަމަށެވެ. މި ސަރުކާރުން ކުރި ކަމަކީ ދެވަނައަށް ފާހަގަ ކުރި ކަންތައް ކަމަށާއި، އެހެންވީމާ މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށް ރައީސް މުއިއްޒު ހެއްދެވީ ދޮގު ކަމަށް ޔާމީން އިޝާރާތް ކުރެއްވިއެވެ. ޔާމީން ވިދާޅުވީ އެމްއެމްއޭގައި ހުރި ފައިސާއިން ދައުލަތަށް ލޯނު ދީ، އެ ފައިސާ އެނބުރުމަކީވެސް ފައިސާ ޗާޕު ކުރުން ކަމަށެވެ.

ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ތަފާސް ހިސާބު ތަކަށްވެސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ދެއްކެވި ތަފާސް ހިސާބުތައް ދިމާނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *