ޤާނޫނަށް ގެންނަ ބަދަލާއެކު ޑުރަގް ނެޓްވޯކުތައް އަތުލައި ގަނެވޭނެ ކަމަށް ސަރުކާރުން ބުނެފި

ޤާނޫނަށް ގެންނަ ބަދަލާއެކު ޑުރަގް ނެޓްވޯކުތައް އަތުލައި ގަނެވޭނެ ކަމަށް ސަރުކާރުން ބުނެފި

ކަމާބެހޭ ޤާނޫނަށް ގެންނަ އިސްލާހާއެކު ޑްރަކް ނެޓްވޯކުތައް އަތުލައި ގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މިއަދު މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް ހިމެނޭ ޓާސްފޯހަކުން ޑްރަގް ސަޕްލައި ހުއްޓައި އެތެރެވާ މަގުތައް ދެނެގަތުުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން މިހާތަނަށް ކުރެވުނު މަސައްކަތުން 150 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގަނެފައިވާ ކަމަށާއި އެއީ އެގޮތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުން މިހާތަނަށް އަތުލައިގަން އެންމެ ގިނަ އަދަދެއްގެ ޑުރަގް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއަށް ޑުރަގް އެތެރެކުރާ ނެޓްވޯކުތައް ދެނެގަނެ މެޕްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

"ރާއްޖެއަށް ޑްރަގް އެތެރެވާ މަގުތަކާއި އެތެރެކުރާ މީހުންނާއި އެތެރެކޮށް ޒިންމާވާ މީހުންނާއި އެމީހުންގެ ފައިނޭޝަލް އެނަލިސްތަކާ އެއްޗެހި މިހާރު ހަދާ ނިމިފައި ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ޑްރަގް މައްސަލަ ހުއްޓުވުމަށްޓަކައި ގާނުނަށް ގެންނަންޖެހޭ ބަދަލަތައް އެބަހުރި ކަމަށާއި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެ ބަދަލުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ ބަދަލުތަކާއެކު ޑުރަގް ނެޓްވޯކުތައް އަތުލައިގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *