ވީޑިއޯއިން ފެންނަނީ ފަލާހުއެއް ނޫން، ފުލުހުން ވަނީ ދެ އަހަރު ކުރިން އެކަން ކަށަވަރު ކޮށްދީފައި: ޕީޕީއެމް/ޕީއެންސީ

ވީޑިއޯއިން ފެންނަނީ ފަލާހުއެއް ނޫން، ފުލުހުން ވަނީ ދެ އަހަރު ކުރިން އެކަން ކަށަވަރު ކޮށްދީފައި: ޕީޕީއެމް/ޕީއެންސީ

ހަސަން ކުރުސީ އާންމުކޮށްފައިވާ ވީޑިޔޯ ނުވަތަ ފޮޓޯއިން ފެނިގެން ދަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހު ނޫން ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ އަބުރުފުޅަށް އަރައިގަނެ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ސޯޝަލް މީޑިޔާގައި ފަތުރަމުން ގެންދާ ވީޑިޔޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނޫންކަން މީގެ 2 އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރު ކޮށްދީފަ" ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

އެ ފޮޓޯއާއެކު ހަގީގަތާއި ޚިލާފު ދޮގު ޚަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައި ވަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކްސް އެކައުންޓަކުން ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

އަދި އެނޫންވެސް އިތުރު ފަރާތްތަކުން އެ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ގެންދަނީ ފަތުރަމުން ކަމަށާއި އެހެންކަމުން އެފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފަައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *