ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ބިލަކީ މުލީއާގެއިން މެޑަމް ސާޖިދާއަށް ހައްދަވާ ބިލެއް: ނާޒިލް

ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ބިލަކީ މުލީއާގެއިން މެޑަމް ސާޖިދާއަށް ހައްދަވާ ބިލެއް: ނާޒިލް

ސިއްހީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަ ބިލަކީ މުލީއާގެއިން ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު ސާޖިދާއަށް ހަދަވައި ދެއްވާ ބިލެއް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ރަނގަޅު މަގުސަދެއްގައި ހުށަހެޅި ބިލެއްނަމަ އެއީ ރަނގަޅު ބިލެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެ ބިލަކީ މުލީއާގެއިން މެޑަމް ސާޖިދާއަށް ހައްދަވައި ދެއްވާފައިއޮތް ބިލެއް ކަމަށްއޭނާ ވިދާޅުވިއެވެ.

"ބޭނުމަކީ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ސާޖިދާ ބޭނުން ބޭފުޅަކު އައްޔަން ކުރަން،" ނާޒިލް ވިދާޅުވިއެވެ.

ޕީއެންސީ މެންބަރުންގެ މަސައްކަތަށް ބަލާއިރު އެ މެންބަރުން ބޭނުންވަނީ ބިލް އަވަހަށް ތަސްދީގުކޮށް ވަކި ބޭފުޅަކު ބޭނުންވަ ބޭފުޅެއް އެމަގާމަށް ގެނައުމަށް ކަމަށެވެ. އެއީ ސިއްހީ ކަންތައްތައް މުލީއާގެއިން ބޭނުންވާ ހުރިހާ ގޮތަކަށް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"ހަގީގަތަކީ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ވަކި މީހަކު ގެންނަން ކުރެވޭ މަސައްކަތެއް މީ، އެހުރިހާ ބާރެއް އެބޭފުޅާއަށް ދެއްވައިގެން ވަކި ގެއަކުން އެކަންތައް ކުރުމުގެ ނިޔަތުގައި،" ނާޒިލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *