ބޭރުން ދަރަނި ނުނަގައި، ފައިސާ ޗާޕުނުކޮށް، 13 ބިލިއަން ރުފިޔާ ދަރަނި ދައްކައިފިން: ރައީސް

ބޭރުން ދަރަނި ނުނަގައި، ފައިސާ ޗާޕުނުކޮށް، 13 ބިލިއަން ރުފިޔާ ދަރަނި ދައްކައިފިން: ރައީސް

ފައިސާ ޗާޕުނުކޮށް އަދި ބޭރުން އިތުރު ލޯނެއް ނުނަގައި، އާމްދަނީ ހޯދައިގެން 13 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރަށްމިވީ ހަތް މަހާއި ފަސް ދުވަހުގެ ތެރޭގައި ދައްކައިފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިޚުލާސްތެރި ނިޔަތެއް އޮންނާނެ ބަޔަކު ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. އެ މަނިިކުފާނުގެ ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލީ މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިިކޮށް ކަމަށާއި އެއިރު ފައިސާ ޗާޕު ކުރުން ހުއްޓާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުވެސް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފައިސާ ޗާޕު ކުރުން ހުއްޓާލައި، ބޮޑެތި އިންޓްރަސްޓް ރޭޓްގެ ލޯންތައް ނުނަގާ އަޅުގަނޑުމެން 4 ބިލިއަން ރުފިޔާ އެކި ކުންފުނި ތަކަށް ދައްކައިފިން، ސަރުކާރުގެ އެކި އެކި ކުންފުނި ތަކަށް 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނީގެ 2.7 ބިލިއަން ރުފިޔާގެ ލޯނު ބޭރުގެ ޤައުމުތަކަށް ވެސް ދައްކައިފިން. ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި 7 މަސް ތެރޭގައި އަޅުގަނޑުމެން މިވަނީ ދައްކާފައި އެއީ އަޅުގަނޑުމެންނާއި ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަޤީޤަތް،" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށާއި އެއީ ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ރިޒާވް ކޮށްފައި ހުންނަ ފަންޑެއް ނަމަވެސް އެ ރުފިޔާވެސް މިދިޔަ ސަރުކާރުން ބޭނުން ކުރީ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ސަރުކާރަށް މިވީ ހަތް މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *