ރޭ އޮތް ޕީއެންސީގެ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެންސީ

ޕީއެންސީގެ މައި ޖަގަހަ "ހައުސް އޮފް ޕީއެންސީ" ހުޅުވައިފި

ޕީއެންސީގެ މައި ޖަގަހަ "ހައުސް އޮފް ޕީއެންސީ" ހުޅުވައިފި

އިދިކޮޅު އެމްޑީޕީގެ ތާރީޚީ މާޒީއެއް އޮތް ޖަގަހެއް ކަމަށްވާ ހ. ވެޔޮވިލާގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މައި ޖަގަހަ "ހައުސް އޮފް ޕީއެންސީ" ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޖަގަހަ ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހ. ވެޔޮވިލާ ގޯތީގައި އެންމެ ފުރަތަމަ ހިންގީ މިހާރުގެ އިދިކޮޅު މައި ޕާޓީކަމަށްވާ އެމްޑީޕީގެ ހަރުގެއެވެ. ސިޔާސީ ގޮތުން ގައުމު އެންމެ ހަލަބޮލިކޮށް އޮތް ދުވަސްވަރު އެމްޑީޕީން ވަނީ އެ ޕާޓީގެ ހަރަކާތްތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ހަރުގޭގައި ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީން ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރިން އެއިރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ހިންގި ހަރަކާތްތަކާއި، ޖަލްސާތައް ވެސް ބާއްވަމުން އައީ އެ ޖަގަހައިގަ އެވެ.

ފަހުން އެ ހަރުގެއަށް ކުލި ނުދައްކާ ކަމަށް ބުނެ އިމާރާތުގެ ވެރި ފަރާތް ކަމަށްވާ ޝާފިއާ ޒުބޭރު ވަނީ އެތަން ހުސްކުރަން އެމްޑީޕީއަށް އަންގައިފަ އެވެ. ފަހުން ޝާފިޔާ ވަނީ އެތަން ދަ ޑިމޮކްރެޓްސްގެ ހަރުގެ ހިންގުމަށް ދޫކޮށްފަ އެވެ.

އެފަހުން ޝާފިޔާ ވަނީ އެ ތަން ޕީއެންސީގެ ހަރުގެ ހިންގުމަށް ކުއްޔަށް ދޫކޮށްފަ އެވެ. ޝާފިޔާ މިރޭ ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *