މިސްކިތް ތަޅުލާފައި ހުރުމުން މިސްކިތުން ވައްކަން ކުރަން ވެގެން މިސްކިތަށް ވަންނަން އުޅުނު މީޙާ މިސްކިތުގެ ތަޅުގައި އަލިފާން ރޯކޮށްލައިގެން ވަންނަން މަސައްކަތް ކުރި މިސްކިތުގެ ތަޅު. ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށްލައިގެން ވައްކަން ކުރަން ވަންނަން އުޅެފި

މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށްލައިގެން ވައްކަން ކުރަން ވަންނަން އުޅެފި

މާލޭގައި ހުންނަ ޖަލީލް ދީދީ މިސްކިތުން ވައްކަން ކުރަން ވެގެން އެ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން ބަޔަކު މަސައްކަތް ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިސްކިތް ތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ އަދި މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ބުނީ ޖަލީލް ދީނީ މިސްކިތުގައި ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅައިފަ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މާލޭގެ މިސްކިތް ތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި މައްސަލަ ތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މާލޭގެ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވީޑިޔޯ މިދިޔަ އެޕްރީލް މަހު އާންމުކޮށްފައެވެ. ތިން ރޭ މަތިން އެ މިސްކިތުން 6 ފަންކާ ވަގަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އޭރު ބުނި ގޮތުގައި، އެ މީހާ ވަނީ އެހެން ބައެއް މިސްކިތް ތަކުންވެސް ފަންކާ ވަގަށް ނަގައިފައެވެ. އަދި އެ ފަންކާތައް ފުލުހުންނަށް ހޯދުނީ ވިއްކާލި ފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *