99 މީހުންނާއެކު ޓްރިވެންޑްރަމަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓަކަށް މައްސަލައެއް ދިމާވެގެން އެނބުރި ރާއްޖެ ޖައްސައިފި

99 މީހުންނާއެކު ޓްރިވެންޑްރަމަށް ދަތުރުކުރި މޯލްޑިވިއަންގެ ބޯޓަކަށް މައްސަލައެއް ދިމާވެގެން އެނބުރި ރާއްޖެ ޖައްސައިފި

އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ފުލައިޓެއް، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ލޭންޑްކޮށްފިއެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ 99 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ފްލައިޓު Q2700 ވީއައިއޭއީ ފުރިތާ މާގިނަ އިރުތަކެއް ނުވަނީސް، އަނބުރާ ލޭންޑް ކުރީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ފުލައިޓަށް ދިމާވި މައްސަލަ ދެނެގަތުމަށް އިންޖިނިއަރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

އެ ފްލައިޓު ކެންސަލް ކުރިނަމަވެސް އިތުރު ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. މޯލްޑިވިއަނުން ވަނީ ފްލައިޓް ކެންސަލް ކުރުމުގެ ސަބަބުން ދިމާވާނެ ދަތި ތަކަކަށްޓަކައި ފަސިންޖަރުންގެ ކިބައިންގެ މައާފަށް އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *