ހުޅުމާލޭން މާލެއަށް ދަތުރު ކުރުމަށް އޮންނަ ހައިވޭގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އަނިޔާ ލިބުނު މީހާ މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެކްސިޑެންޓްވެ މަރުވީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. އެހާބޮޑަށް އަނިޔާވި ސަބަބެއް ކަމަށް ވަނީ އެކްސިޑެންޓުގައި ސައިކަލު ކަހާލައިގެން ގޮސް ފެންސު ތަކުގައި ޖެހުމެވެ. މި ޙާދިސާ ހިނގީ މިއަދު ހެނދުނު 06:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެ ފިރިހެން މީހާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެއަށް ފަހު އޭނާ ގެނައީ އޭޑީކޭ ހޮސްޕިޓަލަށެވެ. މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

 
								 
								
 
											



 
								 
								 
								 
								