ކޮޕާ އެމެރިކާ މުބާރާތް ފެށިއްޖެ، ފުރަތަމަ މެޗުންވެސް އާޖެންޓީނާ މޮޅުވެއްޖެ

ކޮޕާ އެމެރިކާ މުބާރާތް ފެށިއްޖެ، ފުރަތަމަ މެޗުންވެސް އާޖެންޓީނާ މޮޅުވެއްޖެ

ވަރުގަދަ ކޯޕާ އެމެރިކާ މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ވަނީ 2-0 ގެ ތަފާތަކުން ކެނެޑާގެ މައްޗަށް ކުރިހޯދާފަ އެވެ.

އާޖެންޓީނާ އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ކެނެޑާގެ ގޯލަށް ގިނަ ހަމާލާތަކެއް ފޮނުވާލާފައިވެއެވެ. މިމެޗު ވެގެން ދިޔައީ ފޯރިގަދަ ކުޅުމެއް ފެނުނު މެޗަކަށެވެ. ވަރަށް އަވަސް ގޭމެއް ފެނުނު މެޗަކަށް މިމެޗު ވެގެން ދިޔައެވެ. ދެޓީމަށްވެސް ލަނޑުޖަހާނެ ރަނުގެ ފުރުސަތުތައް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ވަނީ ގޯލްޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. މުޅިން ހުސް އެތައް ފުރުސަތުތަކެއް މެޗުގެ ދެ ހާފުގައި ވެސް އޭނާއަށް ލިބިފައިވެއެވެ. އޭނާއަށް ވަނީ މުޅިން ހުސްކޮށް 5 ފުރުސަތު ލިބިފަ އެވެ. އެހެންނަމަވެސް މެސީއަށް މިމެޗުގައި ގޯލެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ. މެސީއަށް ލިބުނު ބޯޅައެއްގައި އޭރުއާގެ ތެރެއިން ކީޕަރު ކައިރިން ވެސް ނައްތާލުމަށްފަހު ޖަހާލި ބޯޅަ ވެސް ދިޔައީ ގޯލުގެ އިތުރުން އަރިމަތިން ބޭރަށެވެ.

މެސީގެ އިތުރުން ޑިމާރިއާ އަށް ވެސް ހުސް ފުރުސަތުތައް ލިބުނެވެ. އަދި އާޖެންޓީނާގެ އޮޓަމެންޑީ އަށްވެސް ވަނީ ބޮލުން ޖަހާނެ ދެތިން ފުރުސަތު ލިބިފަ އެވެ.

ކެނެޑާ ފެނުނީ ފިޒިކަލީ އާޖެންޓީނާ އަށް ވުރެ ވަރުގަދަކޮށް ހަލުވި ކޮށެވެ. އެކަމުގެ ސަބަބުން އާޖެންޓީނާގެ އަސްލު ކުޅުން ދެއްކުމަށް އެޓީމަށް ގޮންޖެހުންތައް ކުރިމަތިވިއެވެ.

ކެނެޑާއަށް މެޗުގައި މާގިނަ ފުރުސަތު ތަކެއް ނުލިބުނަސް އެޓީމުން ފުރަތަަމަ ހާފުގައި ވަރުގަދަކޮށް ކުޅެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ހިފަހައްޓާފައި ވެއެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް އުޅެއުޅެ ވެސް ގޯލެއް ޖެހޭގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ކެނެޑާގެ ޑިފެންސް ފޫދުއްވައިލައްވައިފަ އެވެ. ފުލުފުލުގައި އެޓޭކްތައް ދެމުން ގޮސް ގޯލު ހުޅުވާލީ ދެވަނަ ހާފުގެ 49 ވަނަ މިނެޓްގައި މެކް އަލިސްޓާ ދިން ބޯޅައަކުން އަލްވަރޭޒް އެވެ.

އޭގެފަހުންވެސް ކެނެޑާގެ ޑިފެންސަށް ބާރު ބޮޑުކުރި އެވެ. ދެވަނަ ގޯލު އާޖެންޓީނާ އަށް ޖަހައިދިނީ ކެޕްޓަން މެސީ ލަވައިދިން ބޯޅައަކުން، ދެވަނަ ހާފުގައި ކުޅެން ނުކުތް ލައުޓާރޯ މާޓިނޭޒް އެވެ. އޭނާ އެ ގޯލު ޖެހީ 88 ވަނަ މިނެޓުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *