އިޓަލީ ބަލިކޮށް ސްޕެއިން މޮޅުވެ ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފި

އިޓަލީ ބަލިކޮށް ސްޕެއިން މޮޅުވެ ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފި

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ އަދި ސްޕެއިން ވާދަކުރި މެޗު 0-1 ގެ ނަތީޖާ އަކުން ސްޕެއިން އިން ކާމިޔާބުކޮށްފިއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ވަރުގަދަ ގުރޫޕުގައި ހިމެނޭ އެންމެ ވަރުގަދަ ދެ ޓީމު ބައްދަލުކުރި މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ސްޕެއިނުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައިވެސް ސްޕެއިނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 55 ވަނަ މިނެޓުގައި ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލަކީ ސްޕެއިންގެ ނިކޯ ވިލިއަމްސް އިޓަލީގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އިޓަލީގެ ރިކާޑޯ ކަލަފިއޯރީ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. ސްޕެއިނުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިފަހުންވެސް އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ.

ރޭވުންތެރިކަމާއި އެކު ކުޅެމުންދިޔަ ސްޕެއިން އިން ވަނީ މެޗުގެ 70 ވަނަ މިނެޓުގައިވެސް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އިޓަލީގެ ޕެނަލްޓީ އޭރިއާގެ ކަނުން ސްޕެއިންގެ ނިކޯ ވިލިއަމްސް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑީގައި ޖެހިފައި ބޭރަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *