މާލެ ސިޓީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އާއި ޕީއެންސީ އެކަނި

މާލެ ސިޓީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އާއި ޕީއެންސީ އެކަނި

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ސިޓި ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީ އިން އެކަންޏެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި އިންތިޚާބަކީ ކައުންސިލުން ހުސްވެފައިވާ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ހުޅުމާލެ ދާއިރާގެ ގޮނޑިއަށް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.

މި އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއަށްް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ކުރިމަތިލާފައި ވަނީ، ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީއެންސީއިން ބޭއްވި ޕްރައިމަރީއިން ނާކާމިޔާބު ވުމުން އަމިއްލަ ގޮތުން ވާދަކުރި ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް / މާލެ އެވެ. އެމްޑީޕީން ކުރިމަތިލާފައި ވަނީ، ހައްވާ ޝިފާނާ، މއ. ރިހިރާޅުގެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް ޕީއެންސީން ކުރިމަތިލާފައި ވަނީ ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާންއެވެ. އެމްޑީޕީން ކުރިމަތިލާފައި ވަނީ، މުހައްމަދު އަލީ ޖިނާދު، ހ. ގްރީންޒެސްޓްއެވެ. ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ޕީއެންސީން ކުރިމަތިލާފައި ވަނީ، އަލީ އައިމަން، ހ. ފުޖޭރާއެވެ. އެމްޑީޕީން ކުރިމަތިލާފައި ވަނި އަހްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު ތިނެކެވެ.

މި ތިން ދާއިރާގެ ބައި އިލެކްޝަންވެސް ބާއްވަނީ ކުރިން މި ދާއިރާތައް ތަމްސީލް ކުރި ކައުންސިލް މެންބަރުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތުމާގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *