މީހަކު މަރުވީ ސިނަމާލެ ބްރިޖަކުން ނޫން، ތިލަމާލެ ބްރިޖުން، މަރުވީ އިންޑިޔާ މީހެއް!

މީހަކު މަރުވީ ސިނަމާލެ ބްރިޖަކުން ނޫން، ތިލަމާލެ ބްރިޖުން، މަރުވީ އިންޑިޔާ މީހެއް!

އިއްޔެ ރޭ މަރުވެފައި ވަނީ ސިނަމާލެ ބުރިޖުގައި މަސައްކަތްކުރި މީހެއްނޫން ކަމަށާއި، އެއީ ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހާއަކީ ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދިޔަ މީހެއްކަމަށް މީގެ ކުރިން ބުނެފައި ވަނިކޮށެވެ. ފުލުހުން މިއަދު ބުނީ ތިލަމާލެ ބުރިޖުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިޔާ މީހަކު އަނބުރައިގަނެގެން އިއްޔެ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން އިއްޔެ ބުންޏެވެ.

އެމީހާއަކީ ސިނަމާލެ ބްރިޖުގައި މަސއްކަތް ކުރަމުން ދިޔަ މީހެއް ކަަމުގެ ޚަބަރުތައް ފެތުރުމާ ގުޅިގެން އެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ކުރަމުންގެންދާ ޗައިނާގެ ސީސީސީސީ ކުންފުނިންން ވަނީ އެކަން ދޮގު ކޮށްފައެވެ.

އެކުންފުނިން ބުނީ އެ ކުންފުނީގެ މަސައްކަތަކުގައި އިންޑިޔާ ރައްޔިތުން ނުހިމެނޭ ކަމަށެވެ. އެ ކުންފުނީގެ މަސައްކަތުގައި މުޅިންހެން ތިބޭނީ ބަންގްލަދޭޝް ރައްޔިތުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި އިންޑިޔާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާއެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިޔާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

އެ މަޝްރޫއުގެ ދަށުން 6.7 ކިލޯ  މީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެއިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަމަޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *