ހެންވޭރު މެހެލިގޯޅީގައި ޕާކު ކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯވެއްޖެއެވެ.
ސައިކަލު ތަކުގައި ރޯވީ ރޭ ދަންވަރު ބާރަގަޑިބައި ހާކަންހާއިރުއެވެ. ސައިކަލު ތަކުގައި ރޯވި އަލުފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ގޮސް ނިއްވާލާފައި ވިޔަސް، އެތަނުގައި ހުރި ފަސް ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ސައިކަލު ތަކުގައި ދަންވަރު ރޯވި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ. ސައިކަލު ތަކުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.