މަސްވެރިން ކުރި މުޒާހަރާއާއި ގުޅިގެން ޝެޑްތަކުގެ އަގަށް، ކަންނެލި ދޯނިތަކަށް ޑީސަލް އަގު ހެޔޮކޮށްފި

މަސްވެރިން ކުރި މުޒާހަރާއާއި ގުޅިގެން ޝެޑްތަކުގެ އަގަށް، ކަންނެލި ދޯނިތަކަށް ޑީސަލް އަގު ހެޔޮކޮށްފި

އިއްޔެ މަސްވެރިން ކުރި މުޒާހަރާގައި ސަރުކާރަށް ކުރި ޑިމާންޑްތަކާއި ގުޅިގެން، އެއްގަމު ޝެޑް ތަކުން ޑީސަލް ލިބޭ އަގުގައި ކަންނެލި މަސްވެރިންނަށްވެސް ޑީސަލް ލިބޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑް ތަކުން ވިއްކާ އަގަށް މިހާރު ހެޔޮކޮށްފައިވާ ކަމަށެވެ.

މަސްވެރިން އިއްޔެ ކުރި މުޒާހަރާގައި ސަރުކަރަށް ތިން ކަމަކަށް ޑީމާންޑް ކުރިއެވެ. އެއްކަމަކީ ސަރުކާރުގެ މަސް ކުންފުންޏަށް މަސްވެރިން ކިރުވާފައިވާ ފައިސާއަށްވާ މަހުގެ އަގު މަސްވެރިންނަށް އަވަހަށް ދިނުމާއި، އެއްގަމު ޝެޑް ތަކުން ޑީސަލް ލިބޭ ހެޔޮ އަގުގައި މަސްވެރިންނަށްވެސް ބަނދަރުން ޑީސަލް ލިބޭނެ ގޮތް ހެދުމާއި، ބޮޑުކަންނެލި ބޭނުމަށް ލޭނު އެޅުމުގެ ހުއްދަ ސަރުކާރުން ނުދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *