ރިޔާސީ އިންތިޚާބުގައި އަހަރެމެން ތާއީދު ކުރީ މުއިއްޒަށް: ނަޝީދު

ރިޔާސީ އިންތިޚާބުގައި އަހަރެމެން ތާއީދު ކުރީ މުއިއްޒަށް: ނަޝީދު

މިދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރީ އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށްކަމަށް އެ ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެއްބަސްވެވަޑައިގެންފިއެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކަކާއެކު، އެ ޕާޓީގެ ފުރަތަމަ ރައީސް، އެ ޕާޓީން ވަކިވެ، މަޖިލީހުގެ އޭރުގެ 12 މެންބަރުންނާއެކު މިދިޔަ އަހަރުގެ މެދުތެރޭގައި އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ފުރަތަމަ ބުރުގައި ލިބުނީ ތިން ވަނައެވެ.

ދެވަނަ ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް އެއިރުވެސް ޑިމޮކްރެޓްސްގެ އިސްކޮށް ތިއްބެވި ބައެއް މެންބަރުން ވަނީ ނުސީދާ ގޮތެއްގައި ޑރ. މުއިއްޒަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ޑިމޮކްރެޓްސްގެ ބަޔެއް އާންމު މެމްބަރުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިހަށް ތާއީދުކޮށް ކެމްޕޭނުގައިވެސް ބައިވެރިވިއެވެ.

 

ނަޝީދުގެ ނުރަސްމީ އެކައުންޓުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ތާއީދުކޮށްފައި ވަނީ ރައީސް މުއިއްޒަށް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރެޓްސް ޑރ. މުއިއްޒަށް ތާއީދު ކުރީ، މިއަދު މި ދެކޭ ސުލްހަވެރި، ގުޅުން ރަނގަޅު އިންޑިޔާ ކަނޑުގެ ތަސައްވަރު ފެންނަ ކަމުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮންމެ އިންތިޚާބަކަށް ފަހު ބަދަލުވާ އެއްޗެއްގެ ގޮތުގައި އޮތުމަކީ ދިވެހިންނަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *