ވަޅިން ބިރު ދައްކައި 1.3 މިލިއަން ރުފިޔާ ފޭރުނު މީހަކު 5 އަހަރަށް ޖަލަށް ހުކުމް ކޮށްފި

ވަޅިން ބިރު ދައްކައި 1.3 މިލިއަން ރުފިޔާ ފޭރުނު މީހަކު 5 އަހަރަށް ޖަލަށް ހުކުމް ކޮށްފި

މާލޭގެ މަގުމަތިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއްގައި މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށް ލާފައި ވަނީ ގ. ހިޔަރޯދި މުހައްމަދު ޝަމްއާން ސަލީމްއެވެ.

ޝަމްއާންގެ މައްޗަށް ކުރި ދައުވާގެ ޚުލާސާގައި ބަޔާންކޮށްފައި ވަނީ އޮގަސްޓް 2021 ގައި މަނީ އެކްސްޗޭންޖް ކުންފުންޏެއްގެ މުވައްޒަފުން ތަކެއް މަގުމަތިން ދަނިކޮށް ޝަމްއާން ވަނީ ވަޅިން ބިރު ދެއްކުމަށް ފަހު 9 ލައްކަ ރުފިޔާ އާއި 27،000 ޑޮލަރު (ހަތަރު ލައްކަ ރުފިޔާ) ވަނީ ފޭރިގަނެފައި ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ ކުރާ ކަމަށް ދައުލަތުން ވަނީ ބަޔާން ކޮށްފައެވެ.

އެ މައްސަލައިގެ ހުކުމުގެ ރައުޔުގައި ގާޒީ އަލީ އާދަމް ވިދާޅުވީ، ފޭރުމުގެ ދައުވާއަށް ޝަމްއާން އިންކާރު ކުރިނަމަވެސް ޝަމްއާން އިތުރު މީހަކާ އެކު ސައިކަލުގައި ގޮސް ފައިސާ ދަބަސް ފޭރުނުއިރު، ސައިކަލް ދުއްވަން ހުރީ އޭނާކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ވީޑިޔޯ ފުޓޭޖް ތަކުން އެކަމަށް ބާރު ދޭތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

އެހެންވެ އެ މައްސަލައިގެ ހުކުމުގައި ގާޒީ އަލީ އާދަމް ވިދާޅުވީ ޝަމްއާންގެ މައްޗަށް ކުރާ ފޭރުމުގެ ކުށުގެ އަދަބަކީ 8 އަހަރު ކަމަށްވިޔަސް އެ މައްސަލައާއި ގުޅިގެން ދެ އަހަރާއި 10 މަސް ދުވަސް ޝަމްއާން ބަންދުގައި ހޭދަ ކޮށްފައި ވާތީ އެ ބައި ހުކުމުގެ މުއްދަތުން އުނި ކުރުމަށް ފަހު ފަސް އަހަރާއި އެއް މަހަށް އޭނާ ޖަލަށް ލާން ހުކުމްކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *