އަކްރަމްގެ ފޯނު އޭސީސީން ހިފަހައްޓައިފި

އަކްރަމްގެ ފޯނު އޭސީސީން ހިފަހައްޓައިފި

ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަކްރަމް ކަމާލުއްދީންގެ ފޯނު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިފަހައްޓައިފިއެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ދޫކުރުމުގެ ކަންކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި ހައުސިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދިރިއުޅުއްވާ ތަންތަން ކޯޓު އަމުރެއްގެ ދަށުން އޭސީސީން ވަނީ މިއަދު ބަލައި ފާސްކޮށްފައެވެ.

އަކްރަމްގެ އިތުރުން ދެން، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ކޮމެޓީގެ މެންބަރު މުހައްމަދު އާރިފް، ކޮމެޓީގެ މެންބަރު މުހައްމަދު ލިރުޣާމް އަދި ކޮމެޓީގެ މެންބަރު އަހުމަދު ވިސާންއެވެ.

"މާލޭ ޓައިމްސް" އަށް މައުލޫމާތު ދެއްވި އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އަކްރަމް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސް ކުރުމުގެ ތެރެއިން އޭނާގެ ފޯނާއި ލެޕްޓޮވް ވަނީ އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އޭސީސީން، އަކްރަމްގެ ފޯނު ހިފެހެއްޓި ސަބަބެއް އޮފިޝަލް ވިދާޅެއްނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއީ "ގެދޮރުވެރިޔާ" ސްކީމުގެ މައްސަލައިގައި އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ހެކި ހޯދުމަށް ކަމަށެވެ.

އެކަމާ ގުޅޭގޮތުން އޭސީސީގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *