އިޒްރޭލު ޕާސްޕޯޓު މައްސަލަ: ގޮތެއް ނިންމަންވާނީ ދިރާސާކޮށް ރަނގަޅަށް ވިސްނާފައި: ޤާސިމް

އިޒްރޭލު ޕާސްޕޯޓު މައްސަލަ: ގޮތެއް ނިންމަންވާނީ ދިރާސާކޮށް ރަނގަޅަށް ވިސްނާފައި: ޤާސިމް

އިޒްރޭލްމީހުން ރާއްޖެ އައުން މަނާ ކުރުމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބިލްގެ ބަހުސްފައި ޤާސިމް ވިދާޅުވީ، ފަލަސްތީނު ބިމަކީ އުމްރާއަށް ދާ ތިން މިސްކިތުގެ ތެރެއިން އެއް މިސްހިތް ހުންނަ ބިން ކަމަށެވެ. އެހެން ކަމުން ޔަހޫދީންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމަށްެވެސް ވިދާޅުވިއެެވެ.

"އަޅުގަނޑުމެން މިއަދު އިޒްރޭލްގެ ނެޝަނަލްޓީ އޮތް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމާލާއިރު، އޭގެ މާނަ އައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ވާހަކަ، ކުރު ގޮތެއްގައި ބުނާ ކަމަށް ވަންޏާ، އެހެންވީމަ އެއީ ﷲ ބާވައިލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވެފައި ތިބި ބަޔަކަށް ވާއިރު، އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާމެދު ވަރަށް ފުންކޮށް އެ ނަޒަރިއްޔާތުން ވިންނަން ޖެހޭނެ،" ޤާސިމް ވިދާޅުވިއެވެ.

ނަމަވެސް އެއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާވެރި ނިކަމެތިކަން ހިތްތަކަށް ނުގެންނާތީ ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ހަމަ އެހެންމެ އިޒްރޭލުގެ ރައްޔިތުންނަށް ނުވަތަ އިޒްރޭލް ޕާސްޕޯޓެއް ގެންގުޅޭ ނުވަތަ ޔަހޫދީއަކު، ރާއްޖެ އައުން މަނާ ކުރުމުގައި ކަންތައްތައް ކުރިއަށްނެރެ، އެކަން ކުރާކަށެއްވެސް ނޫން އަދި ނުކުރާ ކަށެއްވެސް ނޫން، އެހެން ނަމަވެސް މިކަމާމެދުގައި ވަރަށް ރަނގަޅަށް ދިރާސާކޮށް ވަަރަށް ރަނގަޅަށް ވިސްނުންތެރި ކަމާއެކު ނޫނިއްޔާ ފިޔަވަޅު އެޅޭކަށެއް ނެތް،" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެތައް ބައިވަރު އިސްލާމީ ގައުމެއް އޮތްއިރު މިފަދަ ފިޔަވަޅެއް އަޅަން އެ ތަނެއްގެ ޕާލަމެންޓަށް އެކަން ފުރަތަމަ ހުށަހަޅައި ބަހުސްކުރާ މަޖިލީހަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސިް ވާނެ ކަމަށެވެ.

މިއަދުގެ ސަރުކާރުގެ ވިސްނުން ފުޅު އޮތްގޮތާމެދު އެއްޗެއް ވިދާޅުވަން ބޭނުން ނޫންކަން ފާހަގަ ކުރައްވައި، ޤާސިމް ވިދާޅުވީ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ހޮވިގެން އައިސް ތިއްބެވި މަޖިލިސް މެންބަރުން އެކަމާމެދު ނިންމަވާ ނިންމެވުން ވާން ޖެހޭނީ، ރާއްޖޭގެ މުސްތަގުބަލަށާއި، ސަލާމަތާއި ރައްކާތެރި ކަަމަށް ވިސްނައިގެން ނިންމާ ނިންމުމަކަށް ކަމަށެވެ.

ނަމަވެސް މި ބިލަކީ ސިޔާސީ ގޮތުން މިހާރު އޮތް ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށްޓަކައި އެމްޑީޕީގެ ފަރާތުން ހުށަހަޅާފައވާ މައްސަލައެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *