މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އުމުރުން 61 އަހަރުގެ ކްލޫޑިއާ ޝެއިމްބަމް،

މެކްސިކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެނަކު ރައީސް ކަމަށް

މެކްސިކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެނަކު ރައީސް ކަމަށް

މެކްސިކޯއަށް އަންހެން ރައީސަކު އައްޔަން ކުރަނީއެވެ. ޖޫން 2، 2024 ގައި އެ ގައުމުގައި އޮތް ރިޔާސީ އިންތިހާބުގައި، ކްލޫޑިއާ ޝެއިމްބަމް، 61، ވަނީ ރައީސަކަށް ހޮވިވަޑައިގެންފަ އެވެ.

އިންތިހާބުގައި ވޯޓުދިން 60 ޕަސެންޓް ދެކޭ ގޮތުގައި ކްލޫޑިއާއަށް ރައީސެއްގެ ޒިންމާތައް އުފުއްލެވޭނެ އެވެ. ކުލޫޑިއާ އަކީ ސިޔާސީ ލީޑަރެއްގެ އިތުރުން ތިމާވެއްޓާ ބެހޭ ސައިންސް ވެރިއެކެވެ. އޭނާގެ އަތުގައި ފިޒިކްސްއިން މާސްޓާސް ޑިގްރީއެއް އޮވެއެވެ. އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވީ އެނާޖީ އިންޖިނޭރިންގެ ދާއިރާއިންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ކުރިން ކުލޫޑިއާ ވަނީ މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގެ މޭޔަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އދ.އިން ކަނޑައަޅާފައި އޮންނަ ސައިންވެރިންގެ ޓީމުގައިވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ކުލޫޑިއާ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން އެ މަގާމުގައި މިހާރު ހުންނެވި އެންދްރޭ މެނުއެލް ލޮޕޭޒް އޮބްރާޑޯ، ސެޕްޓެމްބަރު 30، 2024 ގައި ސިޔާސީ ދާއިރާއިން މުޅިން ވަކިވެ ވަޑައިގަންނަވާނެ އެވެ. ކުލޫޑިއާ ޝެއިމްބަމް މެކްސިކޯގެ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އޮކްޓޯބަރު 1، 2024 ގައެވެ.

މެކްސިކޯއަށް އަންހެން ރައީސަކު ލިބުމަކީ އެ ގައުމުގެ 200 އަހަރުވީ ރިޔާސީ ތާރީހުގައި މުޅިން އާ ކަމެކެވެ. ނަމަވެސް ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ކުލޫޑިއާއަށް ވެސް ޖެހިވަޑައިގަންނަވާނީ ކުރިން ރައީސްކަން ކުރެއްވި ލީޑަރުންގެ ގޮތްފޮތް ދަމަހައްޓަވާށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުލޫޑިއާ ޝެއިމްބަމް މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް އެންދްރޭ މެނުއެލް ލޮޕޭޒް އޮބްރާޑޯގެ ސިޔާސަތު ދަމަހައްޓާވާނެއެވެ. އޭނާއަށް އިންތިހާބުގައި މިހާ ބޮޑު އަޣުލަބިއްޔަތެއް ލިބުނީވެސް މި ސަރުކާރުން މިހާރު ދަމަހައްޓަމުން ގެންދާ ސިޔާސަތަށް ބޮޑު ބަދަލު ތަކެއް ނުގެންނަވާނެ ކަމަށް ވިދާޅުވެ ކުރެއްވި ކެމްޕޭން ތަކުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *