ޝިފާނާއި، ޝަރީފަށް އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓް ކޮށްފި

ޝިފާނާއި، ޝަރީފަށް އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓް ކޮށްފި

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އަހުމަދު ޝިފާންއާއި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންގެ މަގާމު އޭސީޕީއަށް ޕްރޮމޯޓުކޮށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

އޭސީޕީ ރޭންކަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. އެއަށްވުރެ މައްޗަށް ހުންނަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އަދި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ރޭންކަށް ބޭފުޅުން އައްޔަން ކުރަނީ ހޯމް މިނިސްޓްރީންނެވެ.

ޝިފާންއަކީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރެވެ. ޝިފާން ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމާއި އައްޑޫ ޕޮލިސް އެކަޑަމީ ހިންގުމުގައިވެސް އިސްކޮށް މަސައްކަތްކުރައްވާފަ އެވެ.

ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާއެވެ. ޝަރީފްވަނީ ދިވެހި ފުލުހުންގެއެކި ޑިޕާޓްމަންޓުތަކުގައި ކޮމާންޑަރުކަން ކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *