މުހީތުގެ މަރު: މުހުޖަތު އާއި މައިމޫންގެ އިސްތިއުނާފް ފޯމް އިސްލާހު ކުރަން ހުއްދައެއް ނުދިން

މުހީތުގެ މަރު: މުހުޖަތު އާއި މައިމޫންގެ އިސްތިއުނާފް ފޯމް އިސްލާހު ކުރަން ހުއްދައެއް ނުދިން

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ކުށް ސާބިތުވެ، ގދ. ގައްދޫ، އަބްލަގީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫން މެރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ފަސް އަހަރު ވިއިރުވެސް ހައިކޯޓުގައި އެ މައްސަލައި އިސްތިއުނާފް ނުފެށި އަނެއްކާވެސް ލަސްވެއްޖެއެވެ.

އެ މައްސަލައިގެ އިސްތިއުނާފް ފަށަން އެންމެ ފަހުން ތާވަލް ކުރި އަޑު އެހުމުގައި ދިނީ އިސްތިއުނާފް ހުށަހެޅި ދެމީހުންނަށް ވަކީލުން ހަމަޖެއްސުމުގެ ފުރުސަތެވެ. އެއަށްފަހު މިއަދު ބޭއްވި އަޑު އެހުމުގައި އިސްތިއުނާފް ހުށަހެޅުމުގެ ފުރުދަތު ދިނުމުން،  މައްސަލަ އިސްތިއުނާފް ކުރި ދެމީހުން ކަމަށްވާ މުހުޖަތާއި މައިމޫންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ އިސްތިއުނާފް ފޯމުގައި ހުރި ކަންކަން ހުށަހެޅުމުގެ ކުރިއަށް ހައިކޯޓު ޤަވާއިދުގެ 37 ވަނަ މާއްދާގެ (ށ)ގެ ދަށުން ފަނޑިޔާރުންގެ ކިބައި ކަމަކަށް އެދޭތި އެ ހުށަހެޅުން ހުށަހެޅުމުގެ އިޒުނަ އަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު  އަބްދުލްމާނިއު ހުސެއިން އެކަމަށް އިޒްނަ ދެއްވުމުން ވަކީލު ހަމްޒާ ވިދާޅުވީ، އެ ދެމީހުންގެ ފަރާތުން ހުށަހަޅާފައިވާ، މައްސަލައިގެން އިސްތިއުނާފް ފޯމުތައް އިސްލާހު ކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަަބަބަކީ އެ ފޯމުތައް ކޯޓަށް ހުށަހަޅާފައި ވަނީ އެ ދެމީހުންނާ މަޝްވަރާ ކުރުމެއް ނެތި، އަދި އެ ދެމީހުންގެ ބައެއް އެކަމުގައި ނެތި ކަމަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ.

އެ ކަމާމެދު މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނާއި ވަކީލާ ދެމެދު ކޮންމެސް ވަރަކަށް ބަހުސް ކުރިއަށް ދިއުމަށް ފަހު، ރިޔާސަތުގައި އިންނެވި ފަނޑި ޔާރު މާނިއު ވިދާޅުވީ، އިސްތިއުނާފް ފޯމުތައް އިސްލާހު ކުރުމަށް ހަވާލާދޭ، މާއްދާއަށް ބަލާއިރު ސީދާ އިސްތިއުނާފް ފޯމް އިސްލާހު ކުރުމުގެ ހުއްދަ ދިނުމަކީ އެ މާއްދާ ތަސައްވުރު ކުރާ ކަމެއްނޫން ކަމަށެވެ. އެހެން ކަމުން އެފަދަ ހުއްދައެެއް ދެވެން ނެތްކަމަށް ކަނޑައަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދެކެވުނު ވާހަކަ ތަކަށް ބަލާއިރު، އިސްތިއުނާފްކުރާ ފަރާތުން އިސްތިއުނާފް ހުށަހަޅަން ތައްޔާރު ވެފައި ވާކަން ފާހަގަ ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ބާއްވާ ދުވަހަކުން، އިސްތިއުނާފް ހުށަހެޅުމަށް ތައްޔާރު ވެގެން ވަޑައިގެން ދެއްވުމަށްވެސް އެދި ވަޑައިގެންނެވިއެވެ. އަދި އިސްތިއުނާ ހުށަހަޅުއްވާއިރު، ބޭނުންވާ އިސްލާހު ހުށަހެޅުމުން، އެ ކަމާމެދު ކޯޓުން ނިންމަންޖެހޭ ނިންމުނެއް ނިންމަވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެހިސާބުން މިއަދުގެ އަޑުއެހުން ނިންމަވައިލެއްވިއެވެ. މި ކުށުގެ މައްސަލާގައި، މައިމޫނާއި މުހުޖަތުގެ މައްޗަށް މަރުގެ ހުކުމް އިއްވީ މެއި 2019، ގައެވެ.

މުހީތުގެ މަރުގެ މައްސަލާގައި އެ ދެމީހުންގެ އިތުރު ދެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު މަރުގެ ހުކުމް އިއްވިއެވެ. އެ މީހުންގެ މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *