މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ވަގުތު ތަކުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް ބޭފުޅުން

ރައީސާއި ނައިބު ރައީސް ނެތް ވަގުތު ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުން ކަނޑައަޅައިފި

ރައީސާއި ނައިބު ރައީސް ނެތް ވަގުތު ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުން ކަނޑައަޅައިފި

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތް ތަކުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން ކަނޑައަޅައިފިއެވެ.

މަޖިލިސް ޤަވައިދުގެ 44 ވަނަ މާއްދާ ބުނާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ ނެތް ވަގުތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ މެންބަރުން ކަނޑައަޅުއްވާފައި ވަނީ މަޖިލިސް ޤަވައިދުގައިވާ ގޮތުގެ މަތިން މެޑުނުކެނޑި އެންމެ ގިނަ ދުވަހު މަޖިލީހަށް ޚިދުމަތް ކުރައްވާފައިވާ މެންބަރުންގެ ތަރުތީބުން ކަމަށެވެ.

މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ އިތުރު މެންބަރުން:

1- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު – މެދު ނުކެނޑި 19 އަހަރާއި 3 މަސް ދުވަސް.

2- މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް – މެދުނުކެނޑި 15 އަހަރު.

3- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް – މެދުނުކެނޑި 15 އަހަރު.

4- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ – މެދުނުކެނޑި 15 އަހަރު.

5- މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް – މެދުނުކެނޑި 10 އަހަރު.

މި ލިސްޓުގައ ހިމެނިވަޑައިގަންނަވާ ހަތަރު މެންބަރުންނަކީ ނިމިދިޔަ 19 ވަނަ މަޖިލީހުގައިވެސް ރިޔާސަތު ބެލެހެއްޓެވި މެންބަރުންނެވެ.

މަޖިލީހުގެ ޤަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުން ކަމަށެވެ. އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަން ދޭންޖެހޭނެ ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *