މަޖިލިސް އިދާރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލިސް އިދާރާ

އިޒްރޭލް ޕާސްޕޯޓު މައްސަލަ- ސަރުކާރުން އުޅެނީ ދިގު ދަންމަން، ރައީސްގެ ރިޔާސީ ޤަރާރަކުންވެސް ނިންމޭނެ: އެމްޑީޕީ

އިޒްރޭލް ޕާސްޕޯޓު މައްސަލަ- ސަރުކާރުން އުޅެނީ ދިގު ދަންމަން، ރައީސްގެ ރިޔާސީ ޤަރާރަކުންވެސް ނިންމޭނެ: އެމްޑީޕީ

ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓު މަނާކޮށް، އެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމުގައި ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިދިޔަ މަހުގެ 31 ގައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމަށް އިސްލާހު ހުށަހަޅުއްވައިފައެވެ.

މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރުކޮށް އިޒްރޭލު ޕާސްޕޯޓާއި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ އެހެން މީހުންވެސް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށް ޤާނޫނަކުން ކަނޑައެޅުމަށެވެ.

"ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު" ގެ 8 ވަނަ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ 7 ކެޓަގަރީއެއްގެ މީހުން ކަނަޑައަޅައިފައެވެ.

އެ އިސްލާހު ހުށަހަޅައިފައި ވަނިކޮށް ރައީސް އޮފީހުން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޤާނޫނު ތަކަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކީ ދެންމެވެސް މި ފާހަގަ ކުރިހެން, ވީ އެންމެ އަވަހަށް ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ބަދަލުތައް ގެނައުން." އިހުސާން ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ސީދާ ރައީސްގެ ރިޔާސީ ގަރާރަކުން ނިންމެވި ނަމަ އެކަމަށް މަރުހަބާ ކިޔުނީސް ކަމަށެވެ. ނަމަވެސް ، މިހާރު ސަރުކާރުން އަމަލު ކުރި ގޮތުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ކަންކަން އިތުރަށް ދިގުލައިގެން ދާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

"މިއީ ރިޔާސީ ޤަރާރަކުންވެސް ކުރެވޭނެ ކަމެއް. މަޖިލީހުގެ އެ ބޭފުޅުންގެ ސުޕަ ރމެޖޯރިޓީ މަދެއް ނޫން. އެހެންވީމާ ސީދާ އެ ޕާޓީގެ އެމްޕީއަކަށް އެ ބިލް ހުށަހެޅުއްވޭނެ މިއަދުން މިއަދަށްވެސް. އެކަމަކު އެކަން ދިގުލައިގެންދާ ދިޔުމަކީ އަޅުގަނޑުމެންގެ ކަންބޮޑު ވުމެއް،" މީކާއިލް ވިދާޅުވިއެވެ.

 

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ހުއްޓުވާނެ ޤާނޫނެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. އެހެން ކަމުން ރައީސްއަށް ޤަރާރަކުން އެކަން ކުރެވެން އޮންނާނެ ކަމަށެވެ.

"މިއަދު އެ ބިލްގެ ފުރަތަމަ ކިޔުން އިއްވަން ޖެހޭނެ. އެއީ އުސޫލެއްގެ ގޮތުން އެހެން އެއްވެސް ބިލެއް ނެތް ހުށަހަޅާފައެއް. އެކަން ނުކުރައްވައި މިކަން ދިގުދަންމާ މުއާލަތް ދުއްވާލުމުގެ ގޮތުން ހެޔޮ ނިޔަތެއް ނެތި ކުރާ ކަމެއް ކަމަށް އިޒްރޭލު ޕާސްޕޯޓް ބޭން ކުރުން ލަސް ކުރަން މި ދައްކާ ވާހަކަ ތަކަކީ،" މައުރޫފް ވިދާޅުވިއެވެ.

އެއަށްފަހު އަނެއްކާވެސް ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ އެމްޑީޕީން ބޭނުން ވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން ކަމަށެވެ. މަޖިލީހުގެ ކޮމިޓީ ތަކުގެ މެޖޯރިޓީ ޕީއެންސީއަށް އޮތްއިރު އޭނާ ހުށަހެޅުއްވި ބިލަށް، ސަރުކާރު ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އެހެން ކަމުން ދެވަނަ ފަހަރަށް ހަމަ އެފަދަ އިސްލާހެއް ހުށަހެޅުމުގެ ބޭނުމެއް ނޯންނާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *