އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުން ބުލީ ކުރުން ހުއްޓޭނެ ކަމަށް

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުން ބުލީ ކުރުން ހުއްޓޭނެ ކަމަށް

ސަރުކާރު ހުރިހާ ސްކޫލްތައް އޭސީކޮށް ފިނި ކުރުމަށް މިއަދު ފެށި "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ފިނިކުރާ، ކޫލް ސްކޫލެއްގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެއޮ ބަދަލު ތަކެއް އަންނާނެ ކަމަށާއި، ވިޔާނުދާ ކަންތައް ތަކުން ދަރިވަރުން ދުރުހެލިވާނެ ކަމަށާއި، އަދި ބުލީ ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުުނު މާފުށީ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، "ކޫލް ސްކޫލް" ޕްރޮޖެކްޓް ފައްޓަވައި ދެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "ކޫލް ސްކޫލް" ޕްރޮޖެކްޓް ފެއްޓެވީ ހަމައެކަނި ފިނިކޮށްލައިގެން ނިންމާލަންނޫން ކަމަށެވެ.

"ކޫލް ސްކޫލެއްގައި ހިތައް ފިނިކަން އަންނާނެ، އުފާވެރިކަން އިޙްސާސްވާނެ. ފިނިކަމާކުގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެއޮ ބަދަލު ތަކެއް އަންނާނެ، ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލި ވާނެ، ހިތްއުފާވާނެ، ބުލީއެއް ނުކުރާނެ. ރުޅިވެރި ކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނާއި ސްކޫލް މެނޭޖުމެންޓާއި ބެލެނިވެރިން ގުޅިގެން ކުރާ މި މަސައްކަތުގެ ނަތީއަަކަށް ވާންވާނީ ތަރުބިއްޔަތުކުރާ ކުދިންނަކީ، ދިވެހި ގައުމާއި، އަމިއްލަ ރަށާއި، އަދި އެކުދިންގެ މުޅި ދިރިއުޅުމަށް އުޖާލާ ކުރުވަނިވި ދަރިން ތަކަކަށް ހެދުން ކަމަށެވެ. އަދި ކާމިޔާބު އިންސާނެއް އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައް ފުރިހަަމަ ވެގެންވާ ދަރިން ތަކަކަށް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *