މާލެ އަތޮޅުގެ ފަޅެއް ހިމެނޭ ގޮތަށް 14 ރަށަކާއި ތިން ފަޅެއް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ގެޒެޓުގައި އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ރަށްތަކާއި ފަޅު ތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރަން ބޭނުންވާ ފަރާތް ތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.
އަދި ބުނީ ޕްރޮޕޯސަލް ހުށައަޅަން ބޭނުންވާ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ކަނޑައެޅި ރަށްތަކާއި ފަޅުތައް:
1- ހދ. ވައިކަރަމުރައިދޫ – 15 ހެކްޓަރުގެ ބިން: 1.9 މިލިއަން ޑޮލަރު
2- ށ. ކުޑަޅައިމެންދޫ – 13.11 ހެކްޓަރުގެ ބިން: 2 މިިލިއަން ޑޮލަރު
3- ރ. ދިއްކުރެއްދޫ – 4.83 ހެކްޓަރުގެ ބިން: 2.6 މިިލިއަން ޑޮލަރު
4- ޅ. ދިއްފުށި (ޅ. މައިދޫއާ އެކު) – 15.17+20.99 ހެކްޓަރު: 18.6 މިލިއަން ޑޮލަރު
5- ޅ. ވިހަފަރުފިނޮޅު – 0.28 ހެކްޓަރު: 640،000 ޑޮލަރު
5- ކ. ހިއްމިއްޔާ ފަޅު – 712 ހެކްޓަރު: 23.5 މިލިއަން ޑޮލަރު
6- އއ. އަލިކޮއިރަށް – 1.47 ހެކްޓަރު: 1.3 މިލިއަން ޑޮލަރު
7- ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު) – 6.96 އާއި 0.20 ހެކްޓަރު: 2 މިލިއަން ޑޮލަރު
8- ތ. ރުއްތިބިރަށް – 8.41 ހެކްޓަރު: 2.4 މިލިއަން ޑޮލަރު
9- ތ. ކަނިމީދޫ – 10 ހެކްޓަރު: 2.8 މިލިއަން ޑޮލަރު
10- ލ. ކަށިދޫ – 3.11 ހެކްޓަރު: 466،500 ޑޮލަރު
11- ލ. ބޮޑުމުންޏަފުށި – 3.14 ހެކްޓަރު: 471،000 ޑޮލަރު
12- ލ. ހަންހުށި – 2.81 ހެކްޓަރު: 421،500 ޑޮލަރު
13- ގއ. ބޭރުމައުޑޫ – 3.08 ހެކްޓަރު: 385،000 ޑޮލަރު
14- ގދ. ކަޅެހުއްޓާ – 7.61 ހެކްޓަރު: 951،250 ޑޮލަރު
15- ކ. އަތޮޅުގެ ފަޅެއް – 45 ހެކްޓަރު: 11 މިލިއަން ޑޮލަރު
16- ވ. އަތޮޅުގެ ފަޅެއް – 0.62 ހެކްޓަރު: 729،000 ޑޮލަރު