ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

ކޮންމެ ރަށެއްގެ ބަނދަރުގައި ފުލުހުން ސެކިއުރިޓީ ބެލެހެއްޓުން، ރަށްރަށަށް ޑްރަގް އެތެރެވުމަށް އޮތް ޙައްލެއް

ކޮންމެ ރަށެއްގެ ބަނދަރުގައި ފުލުހުން ސެކިއުރިޓީ ބެލެހެއްޓުން، ރަށްރަށަށް ޑްރަގް އެތެރެވުމަށް އޮތް ޙައްލެއް

މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ ގޮތުން ރަށްރަށުގެ ބަނދަރު ތަކުގައި ޔުނީފޯމު އެޅި ފުލުހުން ތިބުން މުހިންމު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި 36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ފުލުހުން ކުރަން ޖެހިފައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުން ކަމަށެވެ.

ޝުޖާއު ވިދާޅުވީ ރަށްރަށުގެ ބަނދަރުމަތީގައި ޔުނިފޯމު އެޅި ފުލުހަކު ބައްޓަން އެ ރަަށްރަށުގެ ރައްޔިތުން ބޭނުންވާ ކަމަށެވެ. އެއިރުން ރަށްރަށަށް މަސްތުވާތަކެތި އެތެރެވުން ހުއްޓިގެންދާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ބަނދަރުތައް ކައިރިއަށް އަންނަ ކޮންމެ ދޯންޏެއް އަދި ކަނޑުގައި ދުއްވާ އުޅަނދަކުން އެ ރަށަކަށް އެތެރެކުރާ މުދަލަކީ ކޮން އެއްޗެއްތޯ ރަނގަޅަށް ބަލައި ފާސް ކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުސް އޮފިސަރުންވެސް ކަންބޮޑުވާ ކަމެއްކަމުގައި ވާންޖެހޭނެ. އަށް ގަޑިއިރުގެ ޑިއުޓީގެ ބޮޑުބައި ރައްޔިތުންނާއެކު މަސައްކަތް ކުރަން ޖެހޭނެ،" ޝުޖާއު ވިދާޅުވިއެވެ.

ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަން ވާނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *