ރާއްޖޭގައި އަލުން ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި

ރާއްޖޭގައި އަލުން ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި

އިޒްރޭލުގެ ޔަހޫދީ ސިފައިން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގައުމަށް ދިމާވެފަިއވާ ކަންތައްތަކާ ގުޅިގެން ރައްޔިތުންންނަށް ރައްކާތެރިކަން ދެއްވުން އެދި މިއަދުން ފެށިގެން އަލުން ގުނޫތު ނާޒިލާ ކިޔަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން، ކުރީގެ ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު 18 އިން ފެށިގެން ފަރުޞު ފަސް ނަމާދުގައި ޤުނޫތު ނާޒިލާ ކިޔަމުންދިޔައެވެ. އަދި އެ ފަހުން މި ސަރުކާރުން ޑިސެމްބަރު މަހު އަޑު ހަރުކޮށް ކިޔަވާ ނަމާދު ތަކުގައި އެކަނި ޤުނޫތު ކިޔާ ގޮތަށް ނިންމިއެވެ. އެއަށްފަހު ފެބްރުއަރީ 4 ވަނަ ދުވަހުން ފެށިގެން ޤުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

ޑރ. ޝަހީމް ސޯޝަލް މީޑިޔާގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މި ވަގުތަކީ އިޚުލާސްތެރިކަމާއެކު ދުޢާ ކުރަންވީ ވަގުތު ކަމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން މަޣްރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫތު ނާޒިލާ ކިއުމަށް ނިންމައި، އިމާމުންނަށް އެގޮތަށް އަންގާނެ ކަމަށް ވިދާޅުވިއެވެ.

ޤުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ޚާއްސަ ޤުނޫތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *