ކައުންސިލް ތަކުގެ ބައި އިލެކްޝަން- އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާން ހުޅުވާލައފި

ކައުންސިލް ތަކުގެ ބައި އިލެކްޝަން- އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާން ހުޅުވާލައފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވުމާއި ގުޅިގެން ހުސްވެފައިވާ ކައުންސިލް ގޮނޑި ތަކަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ ބައި- އިލެކްޝަން ތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތް ތަކުގެ މެދުގައި ބާއްވާ ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން މަޖިލިސް އިންތިހާބުގައި ވާދަކޮށް، ކާމިޔާބު ހޯއްދެވުމާއި ގުޅިގެން، ބައި އިލެކްޝަން ބާއްވަން ހަމަޖެހިގައިވާ ކައުންސިލް ތަކަކީ:

1- މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ

2- މާލޭ ސިޓީކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ

3- މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާ

4- ކުޅުދުއްފުށި ސިޓީގެ އުތުރު ކައުންސިލް މެންބަރު

5- ޅ. އަތޮޅު ކައުންސިލްގެ ރައީސް

6- ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު

އެމްޑީޕީން މިއަދު ބުނީ އެ ދާއިރާ ތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލާން ޝައުގުވެރިވާ ފަރާތް ތަކުން، ކަމާބެގޭ ގޫގުލް ފޯމް މެދުވެރިކޮށް ޝައުގުވެރިކަން ފާޅު ކުރުމަށް އެދޭ ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ކުށާއި، ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް ސާފު ކުރުމަށް ފަހު ފުރިހަމަކޮށް، ޝައުގުވެރިކަން ފާޅުކުރާ ފޯމާއިއެކު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ 2:00ގެ ކުރިން ހުށަހެޅުމަށް އެދޭކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *