މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފިން, ނުދެވި ވަނީ 61 މިލިއަން ރުފިޔާ: ޝިޔާމް

މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފިން, ނުދެވި ވަނީ 61 މިލިއަން ރުފިޔާ: ޝިޔާމް

މި ސަރުކާރުން ވަނީ މަސްވެރިންނަށް 881 މިލިއަން ރޫފިޔާ ދޫކޮށްފައި ކަމަށާއި މަސްވެރިންނަށް ބާކީ ދޭންޖެހޭ ފައިސާގެ އަދަދަކީ 61 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކުރެވެން އޮތީ މިފްކޯއިން ކުރާ ޚަރަދުތައް ކުޑަކޮށްގެން ކަމަށެވެ.

އެހެންވެ މިފްކޯއިން ތެލަށްކުރާ ޚަރަދު ކުޑަކޮށް އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމާ ދިމާއަށް އަމާޒު ހިފައިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މަސްފެކްޓްރީތަކަށާއި މަސްވެރި އުޅަނދުތަކައް ކުރާ ކަރަންޓުގެ ހަރަދުގެ 35 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *